މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ވަންދޫ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ވެއިން ބްރިޖެއް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް- 2 ވަނަ ޓެންޑަރ - އެޑެންޑަމް 1

  (IUL)438-WMPC/438/2022/567:އިޢުލާން ނަންބަރު

ވަންދޫ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ވެއިން ބްރިޖެއް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް-

2 ވަނަ ޓެންޑަރ- އެޑެންޑަމް 1

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ (އެމް.އީ.ސީ.ސީ.ޓީ) އިން އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އޮސޯސިއޭޝަން - ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް (އެމް.އީ. ސީ. ޕީ) ދަށުން ތިރީގައި ދަންނަވާފައިވާ އިއުލާނުން ބީލަމަށް ހުޅުވާލެވުނު، ވެއިން ބްރިޖެއް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް  ކުރެވުނު (ނަންބަރު (IUL)438/438/2022/505 ބީލަމަށް ޙަވާލާދީ ދަންނަވަމެވެ.  

ރ. ވަންދޫ ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ފެސިލިޓީގައި ވެއިންގ ބްރިޖް ބެހެއްޓުމަށް ބޭނުންވާ ހުރިހާ ސިވިލް މަސައްކަތް މި ބީލަން ތެރެއަށް އިތުރުކުރެވިފައިވާ ވާހަކަ މައުލޫމާތަކަށްޓަކައި ދަންނަވަމެވެ. މި މަސައްކަތަށް އަގު ހުށައެޅުމަށްޓަކައި ޓެންޑަރ ޑޮކިއުމެންޓްގެ ހަތަރު ވަނަ ސެކްޝަންގައިވާ (ސަފްހާ ނަންބަރު 55) ޕްރައިސް އަދި ކޮމްޕްލީޝަން ޝެޑިއުލް – ރިލޭޓެޑް ސަރވިސް ތާވާލު ފުރަންވާނެއެވެ. ޓެންޑަރ ޑޮކިއުމެންޓްގައި މިދެންނެވުނު ބަދަލުތައް ހިމަނާފައި މި އިއުލާނާއެކު އެޓޭޗްކޮށްފައި ވާނެއެވެ.

މި ބީލަމަށް ގެނެވުނު ބަދަލާއި ގުޅިގެން، ބީލަން ހުށަހަޅާ ދުވަސް އަދި އިތުރު މައުލޫމާތު ސާފުކުރުމުގެ މުއްދަތު ވަނީ ތިރީގައި ބަޔާންކުރެވިފައިވާ ގޮތައް އިތުރުކުރެވިފައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 11 ޖެނުއަރީ 2023  ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް[email protected]

ބީލަން ހުޅުވުން

ބީލަން ހުށަހަޅާނީ17  ޖެނުއަރީ 2023 ދުވަހުގެ 11:00ގެ  ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ތިރީގައި ދަންނަވާފައިވާ އެޑްރޭހަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ.  ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 08 ޖެނުއަރީ 2023 ދުވަހުގެ 11:00 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

 29 ޑިސެމްބަރ 2022 

 

29 ޑިސެންބަރު 2022
ހޯދާ