ހޭންޑްބޯލް މޯލްޑިވްސް
ދިވެހިރާއްޖެ
ހޭންޑްބޯލް މޯލްޑިވްސްގެ ހިންގާކޮމިޓީ އައު ދައުރަކަށް އިންތިހާބުކުރުމާއި ބެހޭ

28 ޑިސެމްބަރ 2022 ގައި ބޭއްވުނު ހޭންޑްބޯލް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ 2022 ވަނަ އަހަރުގެ 09 ޖަލްސާގައި މިއެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ދައުރު 21 ޖަނަވަރީ 2023 އަށް ހަމަވާތީ، ކުރިއަށް އޮތް ހަތަރު އަހަރު ދުވަހަށް އައު ދައުރަކަށް ހިންގާ ކޮމިޓީ އެކުލަވާލުމަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވަންޖެހޭ ޖަލްސާ 18 ޖަނަވަރީ 2023 ވާ ބުދަ ދުވަހުގައި ބޭއްވުމަށް ހަމަޖެހިފައިވާކަން މި އެސޯސިއޭޝަނުގެ އެންމެހައި މެމްބަރުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

ވީމާ ހޭންޑްބޯލް މޯލްޑިވްސްގެ ހިންގާކޮމިޓީގެ ތިރީގައި މިދަންނަވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު މި އެސޯސިއޭޝަނުގެ އެންމެހައި މެމްބަރުންނަށް ހުޅުވާލަމެވެ.

  1. އެސޯސިއޭޝަންގެ ރައީސް
  2. އެސޯސިއޭޝަންގެ ނާއިބު ރައީސް (1)
  3. އެސޯސިއޭޝަންގެ ނާއިބު ރައީސް (1)
  4. އެސޯސިއޭޝަންގެ ހަޒާންދާރު
  5. ފުރިހަމަ މެމްބަރުންގެ ތެރެއިން އިންތިޚާބުކުރާ 5 މެމްބަރުން

ވީމާ، ހިންގާ ކޮމިޓީގެ މިމަގާމުތަކަށް ކުރިމަތިލައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އިޢުލާނާއި އެއްކަރުދާސް ނޮމިނޭޝަން ފޯމް އަދި ބޯރޑް ރިސޮލިއުޝަން ފުރިހަމަ ކުރެއްވުމަށްފަހު، ކުރިމަތިލައްވާ ފަރާތުގެ ވަނަވަރާއި އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއިއެކު 10 ޖަނަވަރީ 2023 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަނަށް ލިޔުމުން ހުށައެޅުއްވުން އެދެމެވެ. 

18 ޖަނަވަރީ 2023 ވާ ބުދަ ދުވަހުގައި ބޭއްވޭ އިންތިޚާބީ ޖަލްސާ ބޭއްވޭނެ ތަނާއި ގަޑި އިޢުލާން ކުރެވި ގެޒެޓް ކުރެވޭނެކަން އެންމެހާ މެމްބަރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

29 ޑިސެންބަރު 2022
ހޯދާ