މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިޔުމާއި ގުޅޭ

އިޢުލާން

ނީލަން ކިޔުމާއި ގުޅޭ

                                                                                            

މިއިދާރާގެ ބެލުމުގެ ދަށުގައިހުރި ބައެއް ތަކެތި ނީލަން ކިޔުމަށް ބޭނުންވެއެވެ. ނީލަން ކިޔުން 06 ޖެނުއަރީ 2023 ވާ ހުކުރު ދުވަހުގެ 16:00 ގައި ކުރީގެ ބައު އިންޖީނުގެ ގޯތިތެރޭގައި އޮންނާނެ ވާހަކަ ދަންނަވަމެވެ.

މިހެންކަމުން މިނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނީލަން ފެށޭ ގަޑިއަށް ބައު އިންޖީނުގެ ގޯތިތެރެއަށް ޙާޟިރުވެ ދެއްވުން އެދި ދަންނަވަމެވެ. އަދި މި ނީލަމުން ނަންގަވާ ތަކެއްޗަށް ރަސްމީ 3 ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ވާނެއެވެ. ފައިސާ ދައްކާ ނުގެންގޮސް ހުންނަ ތަކެތި، އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ. އަދި މިއިއުލާނާއެކު ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓު އާންމުކުރެވިފައިވާ ވަހަކަ ދަންނަވަމެވެ.

    މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

       06 ޖުމާދަލް އާޚިރް 1444                          

29 ޑިސެންބަރު 2022
ހޯދާ