ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
2023 ވަނަ އަހަރުގެ ފުރަތަމަ ޓާމުގެ އިތުރު ކޯސްތަކަށް އިޢުލާން ކުުރުން

އިޢުލާން

 

2023 ވަނަ އަހަރުގެ ފެބުރުވަރީ މަހުގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ތިރީގައި މި ބަޔާން ކުރާ ކޯސްތައް ހިމެނުމަށް ވަނީ ހަމަޖެހިފައިއެވެ. މި ކޯސްތަކަށް އެޕްލައިކުރުން 02 ޖަނަވަރީ 2023 ވާ ހޯމަ ދުވަހު ހެނދުނު 8:00 އިން ފެށިގެން 26 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ނިޔަލަށް އޮންނާނެއެވެ. މި ކޯސްތަކާ އަދި 2023 ވަނަ އަހަރު 1 ވަނަ ޓާމުގައި ފެށުމަށް ހަމަޖެހިފައިވާ އެހެނިހެން ކޯސްތަކުގެ މަޢުލޫމާތު  courses.mnu.edu.mv/ އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް  portal.mnu.edu.mv ގައިވާ ޕޯރޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.

 

ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ

  1. ޑިޕްލޮމާ އިން ޝަރީޢާ އެންޑް ލޯ – ކ. މާލެ / ހދ. ކުޅުދުއްފުށި / ލ. ގަން / ސ. ހިތަދޫ / ގދ. ތިނަދޫ

 

ފެކަލްޓީ އޮފް އާރޓްސް

  1. މާސްޓަރ އޮފް ދިވެހި ލޭންގްވިޖް އެންޑް ކަލްޗަރ  (1 އަހަރު) – ކ. މާލެ

 

ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޯލޮޖީ

  1. މާސްޓަރ އޮފް ސައިންސް އިން ޖިއޯސްޕޭޝަލް ޓެކްނޮލޮޖީސް ފޮރ ޑިޒާސްޓާ މެނޭޖްމަންޓް – ކ. މާލެ

 

ފެކަލްޓީ އޮފް ހޮސްޕިޓަލެޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް

  1. އެޑްވާންސްޑް ސެޓްފިކެޓް އިން ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް – އިތާފުށި މޯލްޑިވްސް

 

އެމް.އެން.ޔޫ ބިޒްނަސް ސްކޫލް

  1. މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން – ގދ. ތިނަދޫ

 

 

ކޯސްތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ އުސޫލާއި، ކޯސްތަކުގެ ޝަރުތު ބެއްލެވުމަށް މިލިންކަށް ފިއްތާލައްވާ:

https://mnu.edu.mv/application-announcements-2023-term-1/

 

06 ޖުމާދަލްއާޚިރާ 1444

29 ޑިސެންބަރު 2022
ހޯދާ