މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސް ދަފްތަރުކުރުމުގެ ފުރުސަތު ހުޅުވާލުން

އިޢުލާން

ރުއްގަސް ދަފްތަރުކުރުމުގެ ފުރުސަތު ހުޅުވާލުން

 

މީހުން އުޅޭ ރަށްރަށުގެ ރުއްގަހާއި ބެހޭ ޤާނޫން (ޤާނޫން ނަންބަރ 98/21) ޤާނޫނާއި އެއްގޮތައް ރަޖިސްޓްރީ ނުކުރެވިވާ ގިނައަދަދެއްގެ ރުއްގަސްހުރިކަންވަނީ ފާހަގަކުރެވިފައެވެ. އަދި މިހާރުވެސް ރުއްގަސް އިންދަމުން ދަނީ މިޤާނޫނާއި އެއްގޮތްވާގޮތުގެ މަތީން ނޫންކަންވަނީ ފާހަގަކުރެވިފައެވެ.

 

އެހެންކަމުން، ބަންޑާރަ އެއްވެސް ބިމެއްގައި ރުކެއް ނުވަތަ ގަހެއް އިންދަންވާނީ  ކައުންސިލަށް އެންގުމަށްފަހު ކައުންސިލުން ދައްކާ ސަރަހައްދެއްގައިކަމުގައި ދަންނަވަމެވެ. އަދި މިގޮތައް އިންދާ ރުއް ނުވަތަ ގަސް ދަފްތަރު ކުރެވޭކަން ކަށަވަރުކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.

 

އަދި ދަންނަވަމެވެ. ޤާނޫން ނަންބަރ 98/21 އާއި އެއްގޮތްވާގޮތުގެ މަތިން ރަޖިސްޓްރީ ނުކުރެވިވާ އަމިއްލަ ފަރާތްތަކުގެ އެންމެހާ ރުއްގަސް މިއަދުންފެށިގެން 3 މަސްދުވަހުގެ ތެރޭގައި (29 މާރިޗު 2023 ގެ ނިޔަލަށް) ރުއްގަހުގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށް ދަންނަވަމެވެ. އަދި ދަފްތަރުގައި ޖެއްސުމަށް ލިއުމުން ހުށަހަޅަންވާނީ، އެފަރާތަކަށް ނިސްބަތްވާ އެންމެހައި ރުއްގަހުގައި އެގެއެއްގެ ނަންބަރު، ގިނަދުވަހަށް ފެންނަން ހުންނާނޭހެން ޖެހުމަށް ފަހުގައެވެ. އަދި މިގޮތައް ހުށަހަޅާސިޓީގައި ރުއްގަސް ހުރީ ރަށުގެ ކޮންސަރަހައްދެއްގައިކަން އެނގެން އޮންނަންވާނެއެވެ. ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި ޤާނޫން ނަންބަރ 98/21 އާއި އެއްގޮތްވާގޮތުގެ މަތިން ރަޖިސްޓްރީ ނުކުރެވިވާ އެންމެހައި ރުއްގަހަކީ އެޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ބަންޑާރަތަކެތީގެ ގޮތުގައި ކަނޑައެޅޭނެއެވެ.

ވީމާ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ޑިސެންބަރު 2022
ހޯދާ