މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަދަމުންދާ މަގުތަކުގެ ޕޭމަންޓްގައި ތަކެތި ބެހެއްޓުމާއި ގުޅޭ

ނަންބަރ: (IUL)297-SM/297/2022/107

 

އިޢުލާން

 

ހަދަމުންދާ މަގުތަކުގެ ޕޭމަންޓްގައި ތަކެތި ބެހެއްޓުމާއި ގުޅޭ

 

                   ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން މިރަށުގެ ބައެއް މަގުތަށް ހެދުމުގެ މަސައްކަތުގެ ތެރެއިން މަގުތަކުގައި ޕޭމަންޓް ހެދުމުގެ މަސައްކަތް ދަނީ ކުރެވުމުންނެވެ. މިގޮތަށް ހަދަމުންދާ ޕޭމަންޓް ތަކުގައި ބައެއްފަރާތް ތަކުން ވެހިކަލްއާއި،  ޖޯލިފަތި ފަދަ އެހެނިހެން ތަކެތި ބަހައްޓާކަން ވަނީ ފާހަގަކުރެވިފައެވެ. މަގުތަކުގައި ޕޭމަންޓް ހެދުމުގެބޭނުމަކީ މީހުންހިނގާ ބިނގާވެއުޅުމަށެވެ.

                   ވީމާ ، އެއްވެސް މަގެއްގެ ޕޭމަންޓްމަތީ އެއްވެސް އެއްޗެއް ބެހެއްޓުމަކީ މަނާކަމެއްކަމަށާއި، ޕޭމަންޓްމަތީ ބަހައްޓާފަހުރިތަކެތި އެތަކެތީގެ ވެރިފަރާތުން އެ އެއްޗެއްނަގައި ޕޭމަންޓްސާފު ކުރެއްވުން އެދެމެވެ. މިއެންގުމަށް ނުނަގައިހުރިތަކެތި މި އިދާރާއިންނެގޭނެކަމަށާއި، މިގޮތަށް ތަކެތިނެގުމުގައި ލިބޭއެއްވެސްގެއްލުމެއްގައި ޒިންމާނުވެވޭނެކަމާއި މިގޮތަށް ނެގޭތަކެތި ދޫކުރެވޭނީ މި އިދާރާއިން ހަމަޖައްސާއުސޫލަކުންކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

28 ޑިސެންބަރު 2022
ހޯދާ