މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ފެންސިންގ ޕެނަލް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ޕްރޮޖެކްޓް ނަމްބަރު: AGRO-13-2022 

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު 

 

  • އެގްރޯ ނެޝަނަލް ކޯޕަރޭޝަންގެ އެދިލެއްދުމުގެމަތިން، ފެންސިންގ ޕެނަލް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިކުންފުނިން ކުރި އިޢުލާން ނަންބަރު MFMC/I/2022/61 އަށް އެކަށޭނަ އަދަދަކަށް ބީލަން ހުށަހަޅާފައި ނުވާތީ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ތިންވަނަ ފަހަރަށް އަލުން ހުޅުވާލަމެވެ. 

  • މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމެންޓްގައި ބަޔާންކުރެވިފައިވާނެއެވެ. 

  • މި މަސައްކަތާއިބެހޭ އެންމެހައިލިޔެކިއުންތައް މި އިޢުލާނުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.  

  • އަދި މިބިޑާގުޅިގެން ދޫކުރެވޭ އެންމެ ފަހު މަޢުލޫމާތުތަށް ލިބިގަތުމަށްޓަކައި ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ވުމަކީ ބިޑަށް ހުށަހަޅާފަރާތުގެ ޒިންމާއެކެވެ. ރަޖިސްޓްރީ ވުމުގެ ސުންގަޑިއަކީ 02ޖަނަވަރީ 2023 ވާހޯމަދުވަހުގެ 16:00 ގެ ކުރިންނެވެ. 

ރަޖިސްޓްރީ ލިންކް: https://forms.office.com/r/EmpFfAEGfQ 

 

  • ބީލަންހުޅުވުންއޮންނާނީ05ޖަނަވަރީ 2023ވަނަދުވަހު10:00ގައިއެމް،އެފް،ސީ،ހެޑްއޮފީސް (ހ. އޯކިޑް 9 ވަނަފަންގިފިލާގެމީޓިންގރޫމްގައެވެ). 

  • މި މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއް ވާނަމަ އީމެއިލް ކުރައްވާނީ 02ޖަނަވަރީ 2023 ވާ ހޯމަ ދުވަހުގެ 16:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. 

  • މި މަސައްކަތުގެ ބިޑްސެކިއުރިޓީގެ ގޮތުގައި 1,250.00ރ (އެންހާސް ދުއިސައްތަ ފަންސާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑްސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށީގެން 28 ދުވަހެވެ. 

  • ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ.  

  • މި އިޢުލާނާއިގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ[email protected]އަށެވެ. 

28 ޑިސެންބަރު 2022
ހޯދާ