މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

މި ޕޮލިޓެކްނިކަށް މިދަންނަވާމަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

ރޭންކް:     އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގރ.1

 

މަޤާމުގެ ނަން: މަސައްކަތު   

          

ބޭނުންވާ ޢަދަދު:   1

ސެކްޝަން:  އެޑްމިނިސްޓްރޭޝަން ސެކްޝަން.

ދާއިރާ: އޮފީސް އެޑްމިނިސްޓްރޭޝަން އެންޑް ހިޔުމަން ރިސޯސަސް

ގިންތި: ދާއިމީ

ސަރވިސް އެލަވަންސް: -/1000ރުފިޔާ

މުސާރަ:    -/3100ރުފިޔާ

މަސައްކަތް ކުރަންޖެހޭ އޮފީސް:  މޯލްޑިވްސް ޕޮލިޓެކްނިކް މާލޭ

މައިގަނޑު މަސްއޫލިއްޔަތުތައް : މޯލްޑިވްސް ޕޮލިޓެކްނިކްގެ

1- އޮފީސްތެރެ ކޮންމެ ދުވަހަކު ކުނިކަހައި  ފޮޅައި ސާފުކޮށް މޮޕްލުން.

2- ފާޚާނާތައް ކޮންމެ ދުވަހަކު ދޮވެ ސާފުކުރުން.

3- ކްލާސްރޫމްތައް ކޮންމެ ދުވަހަކު ކުނިކަހައި ފޮޅައި މޮޕްލުން.

4- މޭޒު، ގޮޑި ފަދަތަކެތި އެއްފަންގިފިލާ އިން އަނެއް ފަންގިފިލާއަށް އަރުވައި ބޭލުން.

5- ބަރުތަކެތި އުފުލުން.

6- އޮފީހުގެ ބިއްލޫރީތައް ސާފުކުރުން.

ޝަރުޠު:  1. ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ލިބިފައިވުން.

އިނާޔަތްތައް:

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ރަމަޟާން މަހުގެ ޢިނާޔަތްތައް ލިބިލައްވާނެ.
ވަޒިފާއަށް ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:
  1. މަޤާމުގައި ކުރަންޖެހޭ މަސައްކަތާގުޅޭ ދާއިރާއެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.
  2. މަޤާމުގައި ކުރަންޖެހޭ މަސައްކަތައް ކުރެވޭވަރު ސިހަތެއް ލިބިފފައިވާ ވުން.
  3. ގިނަވަގުތުގައި މަސައްކަތްކުރެވެވޭ މީހަކަށްވުމާއެކު އަދި މެންދުރުފަހު މަސައްކަތް ކުރެވޭ މީހެއް ކަމުގައިވުން.
  4. ބަރު ތަކެތި އެއްފަންގިފިލާ އިން އަނެއް ފަންގިފިލާއަށް އަރުވައި ބޭލޭ ފަދަ މީހަކަވުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަކުރުމަށްފަހު ހުށަހެޅުން.
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ކޮޕީ)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއި މެދު އެއްވެސް އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  6. ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުން މަސައްކަތް ތަޖުރިބާ ހާމަކޮށްދިނުމަށް ދެއްވާފައިވާ ލިޔުންތަކުގެ ކޮޕީ.
އިންޓަވިއު ކުރުން

އިންޓަރވިއު ކުރުމާއި އަދި ޕްރެކްޓިކަލް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 08 އިން 18 ޑިސެންބަރު 2014 އަށް މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ.

  • އަދި އިންޓަރވިއު ކުރުމަށާއި އަދި ޕްރެކްޓިކަލް ހުށަހެޅުމަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ  ފަރާތްތައް ކަމުގައި ދެންނެވީމެވެ.
  • މިމަޤާމުގެ އިންޓަރވިއު އަށް ވަޑައިގަންނަވާއިރު ހުށަހެޅިފައިވާފައިވާ ސެޓްފިކެޓްތަކުގެ އަސްލު އަދި ސެޓްފިކެޓްތަކުގެ އެކްރެޓިއޭޓްކޮށްފައިވާ އަސްލު ކޮޕީ ގެންނަވަންވާނެއެވެ.

ވީމާ، މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 08 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މިޕޮލިޓެކްނިކަށް ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ފޯނު 3305401، 3305405 ގުޅުއްވައި މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މިޕޮލިޓެކްނިކުގެ ވެބްސައިޓް www.polytechnic.edu.mv އިން ޑައުންލޯޑުކުރެއްވޭނެ އެވެ.

03 ޞަފަރު 1436

25 ނޮވެންބަރު 2014
ހޯދާ