މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫ ލައިސެންސް ޓްރެކުގައި ވިޔަފާރި އުސޫލުން ބިމެއް ކުއްޔަށް ދިނުން

ނ. ކެނދިކުޅުދޫ ލައިސެންސް ޓްރެކް ސަރަހައްދުން ވިޔަފާރި އުސޫލުން ބިމެއް ކުއްޔަށް ދިނުމަށް ބޭނުންވެއްޖެއެވެ. މިބިމަކީ ލައިސެންސް ޓްރެކް ސަރަހައްދުގައި ރެސްޓޯރެންޓް، ކެފޭ، ޓޭކް-އަވޭ ޓަކްޝޮޕް ފަދަ ވިޔަފާރިތަކަށް ޚާއްސަކޮށް ބިމެކެވެ.

ބިން އޮތް ސަރަހައްދާއި ބޮޑުމިން

ކެނދިކުޅުދޫ ލައިސެންސް ޓްރެކްގެ އެތެރެއިން ދެކުނަށް، ކެނދިކޮޅު އަވަށު ފުޓުބޯޅަ ދަނޑުގެ އުތުރުން، އުތުރުފަރާތާއި ދެކުނުފަރާތުގައި 69 ފޫޓު 6 އިންޗި، އިރުމަތީފަރާތާއި ހުޅަނގުފަރާތުގައި 48 ފޫޓު، ޖުމްލަ 3،336.00 އަކަފޫޓެވެ. ބިމުގެ ސަރަހައްދާއި ބޮޑުމިން އަންގައިދޭ ޗާޓު މިއިޢުލާނާއެކު ގެޒެޓްކޮށްފައިވާނެެއެވެ.

މިކަމަށް ޚާއްސަކޮށް ބާއްވާ މަޢުލޫމާތު ސެޝަން 04 ޖެނުއަރީ 2022 ވާ ބުދަ ދުވަހު 13:00 ގައި މިކައުންސިލްގެ މީޓިންގ ރޫމްގައި އޮންނާނެއެވެ. އަދި ބީލަން ހުށައެޅުންވެސް އޮންނާނީ 10 ޖެނުއަރީ 2022 ވާ އަންގާރަ ދުވަހުގެ 13:00 ގައި ކެނދިކުޅުދޫ ކައުންސިލް އިދާރާ މީޓިންގ ރޫމްގައެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އިޢުލާނާއެކު އެއްކަރުދާސްކޮށްފައިވާ މަޢުލޫމާތު ޝީޓާއި އެއްގޮތަށް ޕްރޮޕޯސަލް ތައްޔާރުކުރައްވާ ބީލަން ހުށައަޅާ ގަޑިއަށް މިކައުންސިލަށް ވަޑައިގެން ބީލަން ހުށައެޅުއްވުމަށް ދަންނަވަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

27  ޑިސެންބަރު  2022

27 ޑިސެންބަރު 2022
ހޯދާ