ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ އިން ގއ.ވިލިނގިލިން ގެއެއް ކުއްޔަށް ހިފުމާއި ބެހޭ

ޑިޒައިން އެންޑް ބިލްޑް އޮފް ގއ.ވިލިނގިލި ހާބަރ އަޕްގްރޭޑިންގ ފޭސް 3 ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ޑިސެންބަރ މަހުގައި ފެށުމަށް ތާވަލް ކުރެވިފައިވާތީ، މި ޕްރޮޖެކްޓުގެ މަސައްކަތް ކުރަމުންދާ އެމްޓީސީސީގެ މުވައްޒަފުން ތިބުމަށްޓަކައި 03 ކޮޓަރި، 03 ފާހާނާ، ސިޓިންގރޫމް، ބަދިގެ އަދި ކާތަން ހިމެނޭގޮތަށް، 01 އަހަރު ދުވަހުގެ މުއްދަތަށް ޕްރޮޖެކްޓް ސަރަހައްދު ކައިރިން ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

            ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 02 ޖެނުއަރީ 2023 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 9195092 އެވެ.

27 ޑިސެންބަރު 2022
ހޯދާ