ހިތަދޫ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:                      އެޑްމިނިސްޓްރޭޓަރ

ބޭނުންވާ އަދަދު:                01

ރޭންކް:                     އެމް.އެސް 3

ކްލެސިފިކޭޝަން :              އެސިސްޓެންޓް ޑިރެކްޓަރ  

މުސާރަ :                   -/7035 ރުފިޔާ

ސަރވިސް އެލަވަންސް:           -/2000 ރުފިޔާ

ވަޒީފާއޮތް އޮފީސް:              ހިތަދޫ ސްކޫލް ، ސ.ހިތަދޫ

ގިންތި:                     ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން :    އިދާރީ ސެކްޝަން ، ހިތަދޫ ސްކޫލް ، ސ.ހިތަދޫ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ސްކޫލްގެ ބަޖެޓާއި، އެކިއެކި ފަންޑުތަކާއި، ބޭންކުގައި ހުޅުވާފައި ހުންނަ ސްކޫލްގެ އެންމެހައި އެކައުންޓުތަކާއި، އެނޫނަސް ސްކޫލަށް ވަދެ ނިކުންނަ ކޮންމެ ފައިސާއަކާބެހޭ  އެންމެހައި ކަންތައްތައް ސަރުކާރުގެ ފައިސާ ބެލެހެއްޓުމުގެ އުސޫލުތަކާއި ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތީން ރާވައި، ހިންގައި ބެލެހެއްޓުން.އަދި ސްކޫލްގެ އުނގެނުމާއި އުނގަންނައި ދިނުމުގެ ކަންތައްތަކާއި، އެއާ ގުޅިފައިވާ އެންމެހައި ކަންތައްތައް، އޮމާންކަމާއިއެކު ހިންގުމަށްޓަކައި އިދާރީގޮތުން ހަމަޖެހިފައި ހުންނަންޖެހޭ އެންމެހައި ކަންތައް ހަމަޖެހި އިންތިޒާމްވެފައިވާކަން ކަށަވަރުކޮށް، އެކަން ހިންގައި ބެލެހެއްޓުން.
  2. ސްކޫލްގެ އެންމެހައި ޢިމާރާތްތަކާއި، މުދަލާއި، ސްކޫލަށް މިލްކުވެގެންވާނަމަ ވާހައި ރުއްގަހާއި، ބިންތަކާއި، ރައްކާތެރިކަމާއި، ސާފުތާހިރުކަމާއި އެކު ގެންގުޅެ ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖައްސައި، އެކަން ހިންގައި ބެލެހެއްޓުން އަދި ކުދީންނާއި، މުވައްޒަފުންގެ ބޯފެނާއި، ފާޚާނާގެ ކަންތައް ރާވައި ހިންގައި ބެލެހެއްޓުން.
  3. ސްކޫލްގައި ހިންގާ ޙަރަކާތްތަކާއި، މުވައްޒަފުންގެ މަސައްކަތާ ބެހޭ އެންމެހައި ކަންތައްތައް ރިކޯޑުކުރެވި، އެނަލައިޒުކޮށް ރައްކާކުރެވި، ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ފޯރުކޮށްދެވޭނެހެން އިންތިޒާމްތައް ކުރެވިފައި ހުރުމާއި، ސްކޫލްގެ ތާރީޚަށްޓަކައި، އުފައްދައި ރައްކާކުރަންޖެހޭ ލިޔުންތަކާއި، ފޮޓޯތަކާއި، ރިޕޯރޓުތައް އުފައްދައި ގެންގުޅެ ފަހަށް ރައްކާކުރަންޖެހޭ ތަކެތި ރައްކާތެރިކަމާއި އެކު ބެލެހެއްޓޭނެ އިންތިޒާމްތައް ހަމަޖައްސައި، މިކަން ހިންގައި ބެލެހެއްޓުން. އަދި އިދާރީ މުވައްޒަފުންނާއި މަސައްކަތު މީހުންގެ މެދުގައި މަސައްކަތް ބެހުމާއި ފަސޭހަކަމާއެކު ސްކޫލްގެ މަސައްކަތް ކުރެވޭނޭ އިންތިޒާމްތައް ހަމަޖެއްސުމާއި، މުވައްޒަފުންނާއި ގުޅިގެން ކުރަންޖެހޭކަމަށް ސިވިލްސަރވިސްގެ ޤަވާޢިދުގައި ބުނާ އެންމެހައި ކަންތައްތައް ހިންގައި ރާވައި ބެލެހެއްޓުން.

ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  4. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

- ވަޒީފާގެ ޝަރުޠު ( ކަނޑައެޅިފައިވާ އިންސައްތަ : % 11  )

- ތަޢުލީމާއި ތަމްރީން ( ކަނޑައެޅިފައިވާ އިންސައްތަ : %40  )

- މަސައްކަތުގެ ތަޖުރިބާ ( ކަނޑައެޅިފައިވާ އިންސައްތަ : % 8 )

- އިންޓަރވިއު ( ކަނޑައެޅިފައިވާ އިންސައްތަ : %38  ) 

އިންޓަރވިއު ކުރުން

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 09 ޑިސެންބަރު 2014 އާއި 11 ޑިސެންބަރު 2014 އާއި ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ހިތަދޫ ސްކޫލްގެ އޮފީހުން ލިބިވަޑައިގަންނަވާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ހިތަދޫ ސްކޫލްގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ ، 08 ޑިސެންބަރު 2014 ވާ ހޯމަ  ދުވަހުގެ 14:30 ގެ ކުރިން.

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ހިތަދޫ ސްކޫލް ގެ ނަންބަރު 6886908  ފޯނަށް ގުޅުއްވުން އެދެމެވެ.

 

27 ނޮވެންބަރު 2014
ހޯދާ