ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަތުރުވެރި ކަމަށް ކަނޑައަޅާފައިވާ ބިމުގައި ހުރި ތަކެތީގެ ވެރިފަރާތް ހޯދުން.

                        

                ނަންބަރ: (IUL)258/258/2022/116

 

އިޢުލާން

    

ފަތުރުވެރި ކަމަށް ކަނޑައަޅާފައިވާ ބިމުގައި ހުރި ތަކެތީގެ ވެރިފަރާތް ހޯދުން.

 

 

              ހަނިމާދޫ ބެއާފޫޓު ދެކުނުން ރަސްމީ ބޯޅަދަނޑުގެ ދެކުނު އިމުން ހުޅަނގަށް އޮތް ބިމަކީ ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ ބިމެކެވެ. މި ބިންތައް ފަތުރުވެރިކަމަށް ދޫކުރުމުގެ ކުރިން މިދެންނެވި ބިމުގައި އަމިއްލަ ފަރާތްތަކުން އިންދާ ހައްދާފައިވާ ރުއްގަސް ހުރިނަމަ އެފަދަ ރުއްގަހުގެ ވެރިފަރާތުން އެފަރާތުގެ ރުއް ގަސްކަން އެނގޭނެ ލިޔުމެއް ނުވަތަ މިލްވެރިކަން ސާބިތުކުރި ލިޔުން ހުށަހެޅުމަށާއި، އަދި މިސަރަޙައްދުގައި އެއްވެސް ފަރާތެއްގެ ބިނާއެއް ނުއުފުލޭ މުދަލެއް ވާނަމަ އެފަދަ ފަރާތްތަކުން 2023 ޖަނަވަރީ 05 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ވަޑައިގެން އެފަދަ ރުއްގަހާއި ތަކެތީގެ ތަފްޞީލު ލިޔުމުން އަންގަވައި ދެއްވުން އެދެމެވެ. މި މުއްދަތުގެ ފަހުން ހުށަހަޅާ ލިޔުންތައް ބަލައި ނުގަނެވޭނެކަން އަންގާ އިޢުލާން ކުރީމެވެ.

 

03 ރަބީޢުލައާޚިރު  1444

26  ޑިސެމްބަރ  2022

 

 

                                                                

 

                                                 

                                               

 

26 ޑިސެންބަރު 2022
ހޯދާ