މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ނަން ބޯޑު ހެދުމުގެ މަސައްކަތް ކުރުމާއި ގުޅޭ

 

                                      އިޢުލާން

ބަނދަރު ނަން ބޯޑު ހެދުމުގެ މަސައްކަތް ކުރުމާއި ގުޅޭ

           މި އިދާރާގެ ނަންބަރު (IUL)285-B/285/2022/71 އިޢުލާނާ ގުޅިގެން ބަނދަރު ނަންބޯޑު ހެދުމުގެ މަސައްކަތް ކުރުމަށް އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަތާތްތަކަށް ފުރުސަތު ހުޅުވާލެވިފައިވާ ވަހަކަ ދަންނަވަމެވެ.

         ވީމާ މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ޑިސެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 03 ޖަނަވަރީ 2022 ވާ އަންގާރަ ދުވަހު 13:00ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭނެ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. މި އިޢުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤަނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

                  03 ޖުމާދިލް އާޚިރް 1444

                  26 ޑިސެންބަރު 2022

 

                                                                  ޙުސައިން އަބޫބަކުރު

                                                              ހެނބަދޫ ކައުންސިލްގެ ރައީސް

 

 

26 ޑިސެންބަރު 2022
ހޯދާ