ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

މި އިޢުލާންވަނީ 30 ޑިސެންބަރު 2022 23:05 ގައި ބާތިލް ކުރެވިފައެވެ.


ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

  1. ފެބުރުވަރީ 2022 ން ފެށިގެން  11 މަސް ދުވަހުގެ މުއްދަތަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މި ބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2022 ޑިސެންބަރ 25 ން އިން 2022 ޑިސެންބަރު 29 ވާ ބުރާސްފަތި ދުވަހުގެ 23:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް " ބީލަން ރަޖިސްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ.އަދި ދެވިފައިވާ ސުންގަޑި ހަމަވުމަށްފަހު
  4. ރަޖިސްޓްރީ ކުރުމަށް ހުށަހެޅިނަމަވެސް އެ ހުށަހެޅުމެއް ބަލައިނުގަނެވޭނެއެވެ. ބިލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

ލިންކު: https://forms.gle/V8WqpLnjghK5X7ip7

  1. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ޑިސެންބަރު 29 ވަނަ ދުވަހުގެ  14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 ޖަނަވަރީ 03 ވާ އަންގާރަ ދުވަހުގެ 9:00 ގައި ވިލުފުށީ ސްކޫލްގެ އޮފީހުގައެވެ.
  3. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ވިލުފުށީ ސްކޫލް

ތ.ވިލުފުށި

ފޯން:  7940633

އީ-މެއިލް:[email protected]

25 ޑިސެންބަރު 2022
ހޯދާ