ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑރ.އަބްދުލް ޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ބޭނުމަށް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތައް ގުދަނެއް ހޯދުން

    ނަންބަރު :(IUL)ASMH-Procure/ASMH/2022/77      

 

 

އިޢުލާން

 

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ބޭނުމަށް 1(އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ގުދަނެއް ހޯދުން

މިހޮސްޕިޓަލުގެ ބޭނުމަށްޓަކައި ގދ.ތިނަދޫ އިން ގުދަނެއް ހޯދުމަށް ކުރެވުނު އިޢުލާން (IUL)ASMH-Procure/ASMH/2022/44 ގުޅިގެން ދެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް ބިޑުހުށަހަޅާފައިނުވާތީ، އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބިޑް ބާތިލްކުރުމަށްފަހު ތިންވަނަފަހަރަށް އިޢުލާންކުރަމެވެ.

       ވިމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށް ފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓްރީކުރުން ކުރިއަށް ދާނީ 25 ޑިސެމްބަރ 2022 އިން 29 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން   [email protected]އަށް ރެޖިސްޓްރޭޝަން ޝީޓް އީމެއިލްކޮށް ނުވަތަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށް ހުށަހަޅުއްވައިގެންނެވެ. ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް: 29 ޑިސެމްބަރ 2022 ، މެންދުރު 14:00 ގެ ކުރިން [email protected]އަށް މެއިލްކޮށް ނުވަތަ 6845161 ނަންބަރ ފޯނަށް ގުޅުއްވުން އެދެމެވެ.

އަންދާސީ ހިސާބް ހުށަހެޅުން:  05 ޖެނުއަރީ 2023 ، ގެ 11:00 އަށް

ތަން: ޑރ. އަބދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ)

25 ޑިސެންބަރު 2022
ހޯދާ