މާލެއަތޮޅު ދިއްފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު- ކޯޓު ރޫމުގް ބެކްޕެނަލް ހެދުމުގެ މަސައްކަތް

 

 

ކ.ދިއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު ރޫމްގައި ބެކް ޕެނަލް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް.

 

މި ކޯޓުގެ ކޯޓު ރޫމްގެ ބެކްޕެނަލް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި ކުރެވުނު މި ކޯޓުގެ ނަންބަރު H3C-A/2022/7 ( 14 ޑިސެމްބަރު 2022 ) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކޯޓޭޝަން ހުށަހަޅުއްވާފައިނުވާތީ، އަލުން އިޢުލާންކުރަމެވެ. މި މަސައްކަތާ ގުޅޭ މަޢުލޫމާތު ޝީޓާއި ކުރެހުން މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 ޑިސެމްބަރު 27 ވަނަ ދުވަހުގެ 11:00 ގެ ކުރިން މިކޯޓަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މި ކޯޓުގެ އީމެއިލް [email protected] އަށް މެއިލްކުރުންއެދެމެވެ. ކޯޓޭޝަން ހުށަހަޅާއިރު، ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި ކޯޓަށް އެޑްރެސްކޮށް އިޢުލާން ނަންބަރު އިންނަންވާނެއެވެ.

ކޯޓޭޝަން ހުށަހަޅަނީ ކުންފުންޏަކުންނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ އާއި އަމިއްލަ ފަރުދަކުނަމަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮޕީއާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ޖީ.އެސް.ޓީއަށް ރަޖިސްޓްރީކޮށްފައިވާނަމަ ޖީ.އެސް.ޓީ ރަޖިސްޓްރީގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ. ކޯޓޭޝަން ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ޙާޟިރުވާނަމަ ސަބަބު ބަޔާންކޮށް މި ކޯޓަށް ސިޓީއަކުން ހުށަހަޅަން ވާނެއެވެ.

ކޯޓޭޝަން ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށްޓަކައި މިކޯޓުގެ ނަންބަރު 6640336 ނުވަތަ 6640334 ފޯނަށް ގުޅުއްވުން އެދެމެވެ.

                        25 ޑިސެމްބަރު 2022 

25 ޑިސެންބަރު 2022
ހޯދާ