މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫއިން ދަނޑުވެރިކަމަށް ބިން ދޫކުރުމާއިގުޅޭ

ނ. ކެނދިކުޅުދޫ ދެއަވަށުން ދަނޑުވެރިކަމަށް ޚާއްޞަކޮށް 2 އަހަރު ދުވަހުގެ މުއްދަތަށް ވަޤުތީ ބިން ދޫކުރުމަށް ހުޅުވާލަމެވެ. އެގޮތުން ބިންދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކާއި، އަދަދު އަދި ބޮޑުމިން ތިރީގައި ހިމަނާލަމެވެ.

ކެނދިކޮޅު އަވަށުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް

ސަރަހައްދު: ކެނދިކޮޅު އަވަށުން ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ކެނދިކުޅުދޫ ކުނިކޮށީގެ ހުޅަނގުން މިހާރު ދޫކޮށްފައިވާ ގެވަޅުތަކާއި ދެމެދުން

ބިމުގެ އަދަދު އަދި ސައިޒް: 10 ބިން ، 60 ފޫޓު ދިގު 47 ފޫޓު 6 އިންޗި ފުޅާ (ޖުމްލަ 2850 އަކަފޫޓު) ގެ 10 ބިން

ކުޅުދޫ އަވަށުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް

ސަރަހައްދު: ކުޅުދޫ އަވަށު ނާސިޔާމަގުގެ ހުޅަނގުން އަވަށު ދަށްމަގު (40 ފޫޓު) ގެ ހުޅަނގުން

ބިމުގެ އަދަދު އަދި ސައިޒް: 9 ބިން ، 100 ފޫޓު ދިގު 50 ފޫޓު ފުޅާ (ޖުމްލަ 5000 އަކަފޫޓު) ގެ 9 ބިން

ދެއަވަށުން ދޫކުރުމަށް ހަމަޖެހިފައިވާ މިބިންތައް ދޫކުރުމަށް ހަމަޖެހިފައިވާ އަގަކީ ފެށޭއަގުގެ ގޮތުގައި އަކަފޫޓަކަށް 5 ލާރީއެވެ. އެގޮތުން ބިމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު އަގެއް ހުށައަޅާ ފަރާތްތަކަށް ބިން ދޫކުރެވޭނެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 05 ޖެނުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ކައުންސިލަށް ސިޓީ ހުށައެޅުމަށް ދަންނަވަމެވެ. ސިޓީއާއެކު ބިންހޯދުމަށް އެދޭ ފަރާތުގެ އައިޑީކާޑު ކޮޕީއެއް ހުށައެޅުމަށް ދަންނަވެމެވެ.

މިއިޢުލާނާއެކު ދެއަވަށުން ކުރުމުއްދަތަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް އޮތް ސަރަހައްދު އަންގައިދޭ ޗާޓު އެއްކަރުދާސްކުރަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

23  ޑިސެމްބަރު  2022

23 ޑިސެންބަރު 2022
ހޯދާ