މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އުޅުނދުގެ ލައިސެންސް ޓްރެކް ވަށާފާރު ރޭނުމާއި ބެހޭ

ނ. ކެނދިކުޅުދޫ ޤާއިމްކޮށްފައިވާ އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ޓްރެކްގެ ވަށާފާރު ރާނައިދޭނެފަރާތެއް ހޯދުމަށް ބޭނުންވެއްޖެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިހިނގާ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ 13:00 އަށް މިކައުންސިލްގެ މީޓިންގް ހޯލްއަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށް ފަހު 05 ޖެނުއަރީ 2023 ވަނަ ދުވަހުގެ 13:00 އަށް މިކައުންސިލުގެ މީޓިންގް ހޯލްއަށް ވަޑައިގެން ބިޑް ހުށަހެޅުމަށް ދަންނަވަމެވެ.

މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ނޯޓް: މި ބީލަމުގައި ބީލަން ހުށައެޅުމުގައި މަޢުލޫމާތު ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑްގައި ބައިވެރިވުމުގެ ފުރުސަތެއް ނުދެވޭނެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

22  ޑިސެމްބަރު  2022

22 ޑިސެންބަރު 2022
ހޯދާ