އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަރާޖަކާއި ގުދަނެއް ހިމެނޭ ޢިމާރާތެއް ކުރުމުގެ މަސައްކަތް

ބީލަން ހުށަހެޅުމަށް ރަޖިސްޓަރީވުން

ބީލަންހުށަހެޅުމަށް ރަޖިސްޓަރީ ވުމަށް، 2022 ޑިސެންބަރު 28 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ބަންދުނޫން ކޮންމެ ދުވަހަކު މި އިދާރާއަށް ވަޑައިގެން މިބީލަމުގެ "ބީލަން ރަޖިސްޓްރޭޝަން ޝީޓް" ރަޖިސްޓަރީ ކުރެވޭނެއެވެ. ދެންނެވިފައިވާ މުއްދަތުގައި އިއުލާނާ އެއްހީރަސްކޮށްފައިވާ ރަޖިސްޓްރޭޝަން ފޯމު ފުރުއްވައި  [email protected] މެއިލް ކުރެއްވުމުން ރަޖިސްޓަރީ ކުރާނެއެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާފަރާތްތައްކަމުގައި ދެންނެވީމެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ނުވާފަރާތް ތަކަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ ދެންނެވީމެވެ.

ބީލަމުގެ މާޢުލޫމާތު ދިނުމުގެ ސެޝަން

މަސައްކަތުގެ ޕްރީބިޑް / މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނުވާއްވާނެއެވެ.

ބީލަން ހުޅުވުން

މި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 2022 ޑިސެންބަރު 29 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ތޮއްޑޫ ކައުންސިލް އިދާރާގެ ޖަލްސާކުރާމާލަމުގައެވެ.  ބީލަން ހުށަހަޅަންޖެހޭނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިތީއުރައިގެބޭރުގައި ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އަދި " ގަރާޖަކާއި ގުދަނެއް ހިމެނޭ ޢިމާރާތެއް ކުރުމުގެ މަސައްކަތް" މިހެންލިޔެފައިއޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު

މި ބީލަމާގުޅޭ ގުޅުއްވާނީ 6660537 / 9636345 މިނަންބަރު ފޯނަށެވެ.

22 ޑިސެންބަރު 2022
ހޯދާ