ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމްތަކެއް ގަންނަން ބޭނުންވެއްޖެ

މި އިޢުލާންވަނީ 22 ޑިސެންބަރު 2022 12:33 ގައި ބާތިލް ކުރެވިފައެވެ.


ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ކޮމްޕިއުޓަރ ސިސްޓަމްތަކެއް ގަންނަން ބޭނުންވެއްޖެއެވެ. ވީމާ، މިތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
  2. މި ބީލަމާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި ހުށަހަޅަންޖެހޭ ފޯމްތައް އިއުލާނާ އެޓޭޗް ކުރެވިފައިވާ ވާނެއެވެ.
  3. މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުން ބީލަމާއެކު 6250.00ރ (ހަހާސް ދުއިސައްތަ ފަންސާސްރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންޖެހޭނެއެވެ.
  4. ބީލަން ހުށަހެޅުން އޮންނާނީ 29 ޑިސެމްބަަރ 2022 ވާ ބުރާސްފަތި ދުވަހު 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  5. ބީލަން ހުށަހަޅުއްވަންވާނީ މި އިއުލާނާ އެޓޭޗް ކުރެވިފައިވާ އުޞޫލުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށެވެ. އުޞޫލުގައި ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ތަކެތި ބީލަމާއެކު ހުށަނާޅާ ފަރާތްތަކުގެ ބީލަންތައް ބާޠިލްކުރެވޭނެއެވެ.
  6. އިސްވެދެންނެވިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.
  7. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ. 

ބީލަމާ ގުޅޭ މައުލޫމާތު ސާފުކުރެއްވުމަށް:

ޕްރޮކިޔުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3345148، 3345111، 3345123

އީ-މެއިލް: [email protected]

 

 

 

 

 

 

21 ޑިސެމްބަރ 2022

 

22 ޑިސެންބަރު 2022
ހޯދާ