ދިގުރަށު މަދަރުސާ، އދ. ދިގުރަށް
ދިވެހިރާއްޖެ
ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް ކުރެވޭ އިއުލާން

އިއުލާން

                                      އިޢުލާން ނަންބަރ: GS160/2022/211

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

           މި ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ހަވާލުކުރެވިފައިވާ ފަރާތުގެ ކޮންޓްރެކްޓް 31 ޑިސެމްބަރު 2022 އަށް ހަމައަށް ހަމަވާތީ، މި ސްކޫލުގެ ސެކިއުރިޓީ 01 ޖަނަވަރީ 2023 ން 31 ޑިސެމްބަރު 2023 ށް (01 އަހަރު) ބަލައްޓައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެގެން މި ސްކޫލުން 10 ނޮވެންބަރ 2022 ގައި GS160/2022/009 ނަންބަރ އިން ކުރި ޢިއުލާންއަށް ހުށައަޅުއްވާފައިވާ ބިޑްތަކުގެ އަގުބޮޑުކަމަށް ފެންނާތީ، އެ ޢިއުލާން ބާތިލްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. އެހެންކަމުން މި ސްކޫލްގެGS160/2022/009  ނަންބަރ ޢިއުލާނުގައިވެސް ވާފަދައިން މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ދެވަނަ ފުރުސަތު ހުޅުވާލަމެވެ.

 

  1. މި ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް 01 ޖެނުއަރީ 2023 އިން 31 ޑިސެމްބަރ 2023 އަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
  3. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 22 ޑިސެންބަރ 2022 އިން ފެށިގެން 27 ޑިސެންބަރ 2022 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 13:30 އަށް މިސްކޫލަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 27 ޑިސެންބަރ 2022 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  5. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 27 ޑިސެންބަރ 2022 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.
  6. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 04 ޖަނަވަރީ 2022 ވާ ބުދަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.
  7. މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށައެޅުމަށް، ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެފަރާތަކީ ކާކުކަން ބަޔާންކޮށް، އެފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށައަޅުއްވަންވާނެއެވެ. އަދި ދުރުވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.
  8. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

..............

ދިގުރަށު ސްކޫލް

ފޯން: 6680841

އީ-މެއިލް: [email protected]

 

28 ޖުމާދަލްއޫލާ 1444

22 ޑިސެންބަރ 2022

22 ޑިސެންބަރު 2022
ހޯދާ