މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ ގޮއިދޫ އިން ގޯއްޗަށް އެދުނު ފަރާތް ތަކަށް ޕޮއިންޓް ލިބުނުގޮތުގެ ވަގުތީލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން -2022

އިޢުލާން

ބ ގޮއިދޫއިން ގޯތި ދޫކުރުމާއި ބެހޭ

           މިއަހަރު ދޫކުރުމަށް އިޢުލާން ކުރެވުނު 25 ގޯއްޗަށް ކުރިމަތިލެއްވި ފަރާތްތަކުގެ ފޯރމްތައް ގެވަޅު ކޮމިޓީން އިވެލުވޭޓްކޮށް ، ދިރިއުޅުމުގެ ޙާލަތުބަލާ ވަޒަންކުކުރުމަށްފަހު ޝަރުޠުހަމަވާ ފަރާތްތަކާއި ، ޝަރުޠު ފުރިހަމަނުވާ ފަރާތްތައް ކަނޑައަޅާ ، މާރްކްސް ދީފައިވާ ގޮތުގެ ތަފްޞީލް    ހިމެނިފައިވާ ވަގުތީ ލިސްޓް މިއިޢުލާނާ އެކު ޢާންމު ކުރަމެވެ.

            ވީމާ ، މިދެންނެވި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 5 ޖެނުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 12.00 ގެ ނިޔަލަށް  ޢާންމުކޮށް ހުޅުވާލަމެވެ. ޝަކުވާހުށަހަޅުއްވާނީ ލިޔުމުންނެވެ. އަދި އީމެއިލްގެ ޒަރީޢާއިން ފޮނުވާ ޝަކުވާތައްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް ފޮނުވާނީ  [email protected]  އަށެވެ. އިތުރު މަޢުލޫމާތެއް ސާފުކުރުމަށްބޭނުންވާނަމަ ރަސްމީގަޑީގައި މިކައުންސިލްގެ ފޯން ނަމްބަރ 6600005 އާ ގުޅުއްވުން އެދެމެވެ.

            މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

           22 ޑިސެމްބަރ 2022

22 ޑިސެންބަރު 2022
ހޯދާ