ކުޑަފަރީ ސްކޫލް، ނ. ކުޑަފަރި
ދިވެހިރާއްޖެ
ކުޑަފަރީ ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން

 

ބީލަން ހުށައެޅުމުގެ ދަޢުވަތު

  1. މި ސްކޫލުގެ ނަންބަރު (IUL-G)GS113/2022/020 (11 ޑިސެންބަރު 2022) އިޢުލާނާ ގުޅިގެން 3 ފަރާތުން ބިޑު ހުށަހެޅުމަށް ހާޟިރުވެފައި ނުވާތީ، އަލުން އިޢުލާން ކުރަމެވެ.
  2. 16 ޖެނުއަރީ 2023 އިން 31 ޑިސެންބަރު 2023 އަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވަތީ، ޝައުޤުވެރިވާ ފަރާތް ތަކަށް ބީލަމުގައި ބައިވެރިވުމުގެ ދަޢުވަތު ދެމެވެ.
  3. ބީލަމުގައި ބައިވެރިވެވޭނީ، އެ ކަމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓްރީކުރުމަށް ހުށަހަޅާނީ 29 ޑިސެންބަރު 2022ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން، ބިޑްރެޖިސްޓްރޭޝަން ފޯމް ފުރިހަމަކޮށްގެންނެވެ. ބިޑްރެޖިސްޓްރޭޝަން ފޯމް މި ސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ.
  4. މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި، މަޢުލޫމާތު ކަރުދާހުގެ ޖަދުވަލުތައް އަދި އަންދާސީ ހިސާބު ހުށައަޅާ ފޯމު އެޓޭޗުކުރެވިފައި އެވަނީއެވެ.
  5. މި ބީލަމާގުޅިގެން ބާއްވޭ މަޢުލޫމާތު ބައްދަލުވުން 02 ޖަނަވަރީ 2023ވާ ހޯމަ ދުވަހުގެ 11:00 ގައި މި ސްކޫލުގައި އޮންނާނެއެވެ.
  6. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 05 ޖަނަވަރީ 2023ވާ ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މި ސްކޫލުގައިއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.
  7. ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
  8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.                             

ކުޑަފަރީ ސްކޫލް ވައިލެޓްމަގު، ނ.ކުޑަފަރި، ދިވެހިރާއްޖެ.

  ފޯން:       6561802

  އީމެއިލް:     [email protected]

22 ޑިސެންބަރު 2022
ހޯދާ