ދިވެހިރާއްޖެ
2023 ވަނަ އަހަރު މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއްހޯދުމާގުޅޭ
މި މަދަރުސާގެ ނަންބަރު : (IUL)GS12/2022/19 (18ޑިސެންބަރު2022 ) ގެ އިޢުލާން އާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ދިނުމުގެ ސެޝަނަށް ޙާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލް ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.
1.1 ޖަނަވަރީ 2023 އިން 31 ޑިސެންބަރު 2023 އަށް މީލާދީ 1 ( އެކެއް) އަހަރު ދުވަހުގެ މުއްދަތައް ވ.އަތޮޅު މަދަރުސާގެ ސެކިއުރިޓީ ކޮންޓެކްޓް އުޞޫލުން ބަލަހައްޓަން ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ( ޤާނޫންނަމަބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫން ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވި ފައިވާ ފަރާތްތަކަށެވެ.
2. މި ބީލަމުގައި ބައިވެރިވާން އެދޭފަރާތްތަކުން، 2022 ޑިސެންބަރު 22 އިން 27 އަށް ބަންދުނޫން ކޮންމެދުވަހަކު 8:00 އިން 14:00 އަށް ވ.އަތޮޅު މަދަރުސާއަށް ގުޅުއްވައިގެން، ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.ބީލަން ހުށަހެޅޭނީ ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
3. މި ބީލަމާބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ޑިސެންބަރު 27 ވަނަ ދުވަހުގެ 10:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.
4. މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނާނީ 2022 ޑިސެންބަރު 28 ވާ ބުދަ ދުވަހުގެ 11:00 ގައި މި މަދަރުސާގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑު އަދި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ވެރިިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ،ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ.
5. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2023 ޖަނަވަރީ 3 ވާ އަންގާރަ ދުވަހުގެ 13:30 ގައި މި މަދަރުސާގެ އޭވީ ރޫމް ގައެވެ.
ވ.އަތޮޅު މަދަރުސާ
ފޯނު ނަމްބަރު : 6700025
މޯބައިލް: 7483852
އީ-މެ އިލް: [email protected]