މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2023 ވަނަ އަހަރު ވެލިދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުން

ނަމްބަރ: (IUL)297 /297/2022/103

 

އިޢުލާން

ވެލިދޫ ކައުންސިލްއިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 

       މިއިދާރާގެ ސެކިއުރިޓީ 01 ޖެނުއަރީ 2023 އިން ފެށިގެން 31 ޑިސެމްބަރ 2023 ގެ ނިޔަލަށް ކޮންޓްރެކްޓް އުސޫލުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

މިކަމަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަމްބަރު2014/18 ) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަމްބަރު2014/19 ) ގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.

             އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.

  މިއިއުލާނާ ގުޅިގެން މިއިދާރާއިން ކުރެވުނު ނަންބަރު: (IUL)297-EP/297/2022/87 އިއުލާނަށް އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ އަގުތަކަކީ އެކަށީގެން ވާ އަގުތަކެއްކަމަށް ނުވާތީ އަންދާސީ ހިސާބު ބާތިލްކޮށްފައިވާތީ އެއިއުލާންވަނީ ބާޠިލްކުރެވިފައެވެ.

      ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު 28 ޑިސެމްބަރ 2022 ވާ ބުދަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަސައްކަތާބެހޭ މަޢުލޫމާތު

 

(1)   މިމަސައްކަތް ހަވާލުކުރުމަށް ހޮވޭ ފަރާތަކުން މިމަސައްކަތް ކުރުމަށް ގެންގުޅެންވާނީ ދިވެހިންނެވެ. އަދި މިކަމަށް ޢައްޔަންކުރާ ކޮންމެ މީހެއްގެ ޕޮލިސްރިޕޯޓް އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 5 ދުވަހުގެ ތެރޭގައި މިއިދާރާއަށް ހުށަހަޅަންވާނެއެވެ. އަދި ވޭތުވެދިޔަ 5 އަހަރު ތެރޭގައި އަޚުލާގީގޮތުން ނުރަނގަޅު ރެކޯޑެއް އޮތް އެއްވެސް މީހަކު މިއިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ބޭނުމެއް ނުކުރެވޭނެއެވެ.

(2)    ސެކިއުރިޓީ ބަލަހައްޓަން ޖެހެނީ 8 ގަޑިއިރު ( ރޭގަނޑު 11.00 ން ހެނދުނު 7.00 އަށް ) 

(3)    ސެކިއުރިޓީ ބަލަހައްޓާ ކޮންމެ މީހަކު ޑިއުޓީގައި ހުންނަ ވަގުތުތަކުގައި ހުންނަންވާނީ ގަމީސް އަދި ފަޓުލޫން ހެދުމުގައި ބެގީކޮށްފައި ބޫޓަށްއަރާ ރީތިކޮށެވެ. އަދި އެމީހަކީ ސެކިއުރިޓީ ބަލަހައްޓާ މީހެއްކަން އެނގޭނެ ލިޔުމެއް ޑިއުޓީގައި ހުންނަ ވަގުތުތަކުގައި ޔުނިފޯމްގެ ޖީބުގައި ނުވަތަ ކަރުގައި އަޅުވާފައި، ބޭރަށް ފެންނާނެހެން ހަރުކޮށްފައި ހުންނަންވާނެއެވެ.

(4)    ޚިދުމަތްދޭ ފަރާތުން މިއިދާރާގެ ޢިމާރާތާއި، ޢިމާރާތުގައިވާ މުދަލާއި، ގޯތިތެރެއާއި، ގޯތިވަށައިގެންވާ މަގުތައް ބަލަހައްޓަންވާނެއެވެ.

(5)    ނަމްބަރު 4 ގައި ބަޔާންކޮށްފައިވާ މަސްޢޫލިއްޔަތުގެ އިތުރުން އާދަޔާ ޚިލާފުކަމެއް ހިނގައިފިނަމަ ވަގުތުން މިއިދާރާގެ މަސްއޫލުވެރިއަކަށް އެންގުމުގެ އިތުރުން ސެކިއުރިޓީ ބަލަހައްޓަން ހަވާލުވެފައިވާ ތަނުގެ ވެރިއަކަށް އަންގަންވާނެއެވެ. ބެލެހެއްޓުމުގެ ގޮތުންނާއި، ރައްކާތެރިވުމުގެ ގޮތުން އިތުރުކަމެއް ކުރަންޖެހިއްޖެނަމަ އެވަގުތަކަށް ކުރެވެން އޮތްކަމެއް އެކަށީގެންވާ ގޮތެއްގައި ކުރަންވާނެއެވެ.

(6)   ޑިއުޓީގައި ތިބޭ މީހުންނަށް ނުބެލެހެއްޓުމުގެ ސަބަބުން ގެއްލޭ ނުވަތަ ހަލާކުވާ އެއްޗެއްގެ ޒިންމާ އުފުލަންޖެހޭނީ ޚިދުމަތްދޭ ފަރާތުންނެވެ. މިގޮތުން ގެއްލޭ ނުވަތަ ގެއްލުމެއް ލިބޭ އެއްޗަކަށް އަގު ނުވަތަ އެފެންވަރުގެ އައު އެއްޗެއް ޚިދުމަތްދޭ ފަރާތުން މިއިދާރާއަށް ހޯދައިދޭންވާނެއެވެ.

(7)    އެދުވަހަކު އިދާރާ ބަންދުކުރުމުން އިދާރާގައި ތަޅުލާ ބަންދުކޮށްފައި ހުންނަންޖެހޭ އެންމެހައި ތަންތަންހުރީ ރަނގަޅަށް ބަންދުކޮށް ތަޅުލާފައިތޯ ޗެކްކުރަންވާނެއެވެ. އަދި ތަޅުލާފައި ހުރިތަންތަން ނުނިއްވައި ، އޭސީއެއް ކަނޑައިނުލަހުރިނަމަ ތަނުގެވެރިއަކަށް އެކަން އަންގަންވާނެއެވެ.

(8)    ކައުންސިލްގެ އިދާރާ ބަންދުކޮށްފައި ހުންނައިރު ދޮރެއް ހުޅުވިފައި ހުރިކަން ނުވަތަ ބަންދުނުވެ ހުރިކަން އެނގިއްޖެނަމަ ވީހާއަވަހަކަށް އިދާރާގެ ކަމާބެހޭ ވެރިޔަކަށް އަންގަންވާނެއެވެ.

(9)    ބަންދުގަޑީގައި މިއިދާރާގެ މުވައްޒަފުން ނުވަތަ ވަކިކަމަކަށް ވަނުމަށް ހުއްދަދީފައިވާ މީހުން ފިޔަވައި އެހެންމީހުން މިއިދާރާގެ ގޯތިތެރެއަށާއި، ޢިމާރާތަށް ވަނުން މަނާކުރަންވާނެއެވެ.

(10)        އެދުވަހެއްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ދަންފަޅީގެ ޑިއުޓީގައި މަދުވެގެން ކޮންމެ ގަޑިއަކު އެއްފަހަރު އިދާރާގެ ގޯތިތެރެއާއި ޢިމާރާތްތަކާއި، ވަށައިގެންވާ މަގާއި ގޯޅި ޗެކުކޮށް އާދަޔާ ޚިލާފުކަމެއް ފާހަގަކުރެވި ފިޔަވަޅު އަޅަންޖެހޭ ކަމެއްހިނގާފައިވާނަމަ ކަމާބެހޭ ފަރާތްތަކަށް ވަގުތުން އަންގައިގެން މައްސަލަ ހައްލު ކުރަންވާނެއެވެ.

(11)        ޑިއުޓީގައި ތިބޭ ހުރިހާ ވޮޗަރުންގެ އައި.ޑީ.ކާޑްގެ ފޮޓޯކޮޕީއެއް ސެކިއުރިޓީ ބަލަހައްޓާ މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

(12)        ސެކިއުރިޓީ ބެލެހެއްޓުމުގެ ވަޒީފާގައި ތިބެންޖެހޭނީ ޞިއްޚީގޮތުން އެކަމަށް އަކަށީގެންވާ ޢުމުރުން 18 (އަށާރަ) އަހަރުން މަތީ، 65 (ފަސްދޮޅަސް ފަހެއް) އަހަރުން ދަށުގެ ދިވެހިންނެވެ.

(13)        ޑިއުޓީއެއްގައި ތިބޭމީހުން ހަވާލުކޮށްފައިވާ ޑިއުޓީ އެމީހުން ފުރިހަމައަށް އަދާކުރޭތޯ ބެލުމަށް ހުންނަ ސުޕަވައިޒަރަކު އެމީހުންގެ މަސައްކަތް ބަލަހައްޓަމުން ގެންދަންވާނެއެވެ. އަދި ރޭގަނޑު 11:00 ން ހެނދުނު 7:00 އަށް ޑިއުޓީގައި ތިބެންވާނެއެވެ. އަދި ޑިއުޓީފެށުމުގެ 10 މިނިޓްކުރިން ޙާޟިރުވާންވާނެއެވެ. ޑިއުޓީ ނިންމާފައި ދާންވާނީ 7.00 ގެ ފަހުންނެވެ.

(14)        ޑިއުޓީގައި ތިބޭ މީހުންނާއި، އަދި ދިމާވެދާނެ ކުއްލި ހާލަތެއްގައި ޑިއުޓީގައި ތިބޭ ކޮންމެ މީހެއްއަތުގައިވެސް އެކަކު އަނެކަކަށް ފަސޭހައިން ގުޅޭނެ ނިޒާމެއް ޤާއިމްކުރެވިފައި ހުންނަންވާނެއެވެ. (އެއީ ކޮމިއުނިކޭޝަން ސެޓް ނުވަތަ ސެލިޔުލަރ ފޯން (މޮބައިލް ފޯން) ފަދަ އިތުބާރު ހިފޭ އެއްޗަކަށް ވާންވާނެއެވެ.

(15)        ޑިޔުޓީ ޝިފްޓް ބަދަލުކުރުމުގައި ޑިއުޓީގައި ތިބި މީހުން ދާންވާނީ އެޑިއުޓީ ޝިފްޓް ބަދަލުވާ ސެކިއުރިޓީ އޮފިސަރަށް އެޑިއުޓީއެއްގައި ނޯޓްކޮށްފައިހުރި އަދި ރައްކާތެރިވާންޖެހޭ ކަމެއްވާނަމަ އެކަން އެންގުމަށްފަހުގައެވެ.

(16)        ގޯތިތެރެ މާބޮޑަށް ހިރަފުސްނަމަ ޑިއުޓީފެށޭގަޑިގަޔާއި ނިމޭގަޑިގައި ވިއްސާރަނޫންނަމަފެންޖެހުން. އަދި މީގެއިތުރުން ގޯތިތެރޭގައި ގަސްއިންދާފައިވާ ގަސްޕޮޓްތަކަށާއި ޕޮޓުންބޭރުގައި އިންދާފައިވާ ބަގީޗާގަސްތަކަށް ވިއްސާރަވެ ވާރެނުވެހޭނަމަ ޑިއުޓީގަޑިގައި ފެންޖަހަންވާނެއެވެ.

(17)        އިދާރާގެ ގޯތިތެރޭގައި މުހިންމު ހަރަކާތެއް ހިނގާ ވަގުތެއްގައި އެވަގުތު ޑިއުޓީގައި ހުރި ވޮޗަރެއްގެ ފަރާތުން އިދާރާއިން އެދިއްޖެނަމަ އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.

 

3.އަގު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

(ހ) ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ

(ށ) އެސް.އެމް.އީ ރަޖިސްޓަރ ކޮށްފައިވާ ލިޔުމުގެ ކޮޕީ

 

             އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.

 

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފްސީލް

ފޯމިއުލާ

އަގު

90%

v   ހިދުމަތުގެ އަގަށްދޭ މާކްސް

v   މާކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

v   މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

ތަޖުރިބާ

10%

v   މަސައްކަތުގެ ދާއިރާގައި  ޚިދުމަތް ދިން މުއްދަތު (އަހަރު)

v    މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރުވެފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް

v   މި ގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރު ޚިދުމަތް ދީފައިވާ ފަރާތަށެވެ.

(Submitted years of experience / Benchmark  years  ) x Allocated Percentage

 

                        މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.               

21 ޑިސެންބަރު 2022

 

 

21 ޑިސެންބަރު 2022
ހޯދާ