އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމާއި ގުޅޭ :

އިޢުލާން

 

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމާއި ގުޅޭ :

 

            1444 ވަނައަހަރުގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމަށްޓަކައި، އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ ފުރުސަތު 22 ޑިސެމްބަރ 2022 އިން 19 ޖެނުއަރީ 2023 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

  • ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފޯމް 22 ޑިސެމްބަރ 2022 އިން ފެށިގެން މިކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.
  • ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފޯމް ބަލައި ގަތުމަށް ހަމަޖެހިފައިވަނީ 22 ޑިސެމްބަރ 2022 އިން ފެށިގެން 19 ޖެނުއަރީ 2023 ވަނަ ދުވަހުގެ 13:00 އަށް ކަމުގައި ދަންނަވަމެވެ. އަދި 19 ޖެނުއަރީ 2023ވަނަ ދުވަހުގެ 13:00 ގެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  • ފޯމް ފުރިހަމަކޮށް ހުށަހަޅުއްވާއިރު ފޯމާއިއެކު ހުށަހެޅުމަށް ބަޔާންކޮށްފައިހުރި ލިޔުންތައް ހަމަކުރައްވައި ހުށަހެޅުއްވުމަށް ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ.     

      ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

      20 ޑިސެމްބަރ 2022  

20 ޑިސެންބަރު 2022
ހޯދާ