އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ޑިރެކްޓަރ (އީ.އެކްސް 1)

މަޤާމް:

ޑިރެކްޓަރ (އީ.އެކްސް 1)

ބޭނުންވާ ޢަދަދު:

01  (އެކެއް)

ސެކްޝަން:

އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސެކްޝަން

ބޭސިކް މުސާރަ:

މަހަކު 8835.00 (އަށް ހާސް އަށް ސަތޭކަ ތިރީސް ފަސް ރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު 2000.00  (ދެ ހާސް ރުފިޔާ)  (މި އެލަވަންސް ދެވޭނީ އޮފީހުގެ މަސައްކަތަށް ހާޒިރުވާ ދުވަސްތަކަށެވެ.)

ލިވިންގ އެލަވަންސް:

މަހަކު 4000.00 (ހަތަރުހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

މުސާރައިގެ %45

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް (5 އަހަރުގެ މުއްދަތަށް)

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް

ފެންވަރު ނުވަތަ ޝަރުޠު:

  1. އިންފޮރމޭޝަން ކޮމިޔުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ދަޢުލަތުގެ ނުވަތަ ބައިނަލްއަޤްވާމީ ޖަމާޢަތެއްގެ ވަޒީފާއެއްގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 1 (އެކެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. އިންފޮރމޭޝަން ކޮމިޔުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ނުވަތަ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ދަޢުލަތުގެ ނުވަތަ ބައިނަލްއަޤްވާމީ ޖަމާޢަތެއްގެ ވަޒީފާއެއްގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  3. ޢުމުރުން 50 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
  4. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
  5. ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

މަސްއޫލިއްޔަތު:

- އައިޓީ ވަސީލަތްތައް ބޭނުންކޮށްގެން، ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ފެންވަރު ރަނގަޅު ކޮށް ތަރައްޤީކުރުމަށް ކުރެވިދާނެ ކަންކަމަކީ ކޮބައިތޯބަލައި، އެކަންކަން ސެކްރެޓަރީ ޖެނެރަލްއާ ޙިއްސާކުރުން.

- މަސައްކަތަށް ފަހި މާހައުލެއް ޤާއިމުކުރުމަށް މަސައްކަތްކުރުމާއި ޙަވާލުވެފައިވާ ސެކްޝަންގެެ މަސައްކަތުގައި ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމަށް ބާރުއެޅުން.

- އިންތިޚާބުތަކުގެ ނަތީޖާ ތައްޔާރުކުރުމުގެ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.

- ކޮމިޝަނުގެ ކޮމްޕިއުޓަރ ވިއުގައާއި ސާރވަރތައް ބެލެހެއްޓުމާއި މޮނީޓަރކުރުމުގެ ކަންކަން ރާވައި ހިންގުން.

- ކޮމިޝަނުގެ ކޮމްޕިއުޓަރ ވިއުގަ ވައިރަސް ފަދަ ނޭދެވޭ އަސަރުތަކުން ސަލާމަތްކޮށް ބެލެހެއްޓުމަށާއި ނެޓްވަރކް ސެކިއުރިޓީ ބެލެހެއްޓުމަށް ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުން.

- ކޮމިޝަނުގެ މަސައްކަތްތަކަށް ބޭނުންވާ އިންފޮމޭޝަން ސިސްޓަމްތައް ތައްޔާރުކުރުމާއި ޤާއިމުކޮށް ބެލެހެއްޓުމުގެ ކަންތައްތައް ރާވައި ހިންގުމާއި އިރުޝާދު ދިނުން.

- ކޮމިޝަނުގެ އިދާރީ ހިންގުން ހަރުދަނާކޮށް ތަރައްޤީކުރުމަށް ބޭނުންވާ ސޮފްޓްވެއަރތައް ހޯދުމަށް ނުވަތަ ތައްޔާރުކުރުމަށް ބޭނުންވާ ލަފަޔާއި އިރުޝާދުދީ މަސައްކަތް ވިލަރެސްކުރުން.

- ކޮމިޝަންގެ ޑޭޓާބޭސްތައް ރައްކައުތެރިކޮށް ބަލަހައްޓައި ބެކަޕް ނެގުމުގެ އިންތިޒާމްތައް ހަމަޖައްސުން.

- ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތަށް ގެންނަން ޖެހޭ އިސްލާހު ފާހަގަކުރުމާއި މަސައްކަތުގެ ފެންވަރު ރަނގަޅުކޮށް ކުރިއެރުވުމަށް ކުރަންޖެހޭ ކަންތައްތަކަކީ ކޮބައިތޯ ބަލައި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުން.

- ކޮމިޝަނުގެ ކޮމްޕިއުޓަރުތަކާއި އެހެނިހެން އައި.ޓީ. ވަސީލަތްތައް ބޭނުންކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުން.

- ކޮމިޝަނަށް އައި.ޓީ އިކުއިޕްމެންޓް ހޯދުމުގައި ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުން.

ނޯޓް

މަތީގައި ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓްފިކެޓްތަކަށްވުރެ މަތީ ސެޓްފިކެޓެއް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ

ސުންގަޑި:          

މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 03 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 15:00ގެ ކުރިން އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް، އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ކޮޕީ

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ.

- ދާއިރާގެ މަސައްކަތާގުޅޭ ގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

- އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން. (މަސައްކަތު ތަޖުރިބާކަމުގައި ބަލާނީ، ހުށަހަޅާފައިވާ ތަޢުލީމީ ސެޓްފިކެޓް ހާސިލުކުރުމަށްފަހު ލިބޭ ތަޖުރިބާއަށެވެ. މަސައްކަތާ ނުގުޅޭ ދާއިރާތަކުން ލިބިފައިވާ ތަޖުރިބާތައް ނުގުނޭނެއެވެ.)

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިޔު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިޔުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓްފިކެޓްތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.

މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިޔުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން (ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ 5 ވަނަ ފަންގިފިލާ އިން) ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

01 ޞަފަރު 1436

23 ނޮވެންބަރު 2014
ހޯދާ