މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ބަޔާން ނެގުމާ ހުޅޭ

އިޢުލާން

މިރަށު ދުނި ގޯތީގެ އިރުއުތުރު ފަރާތު ހޭޅީގައި ހުރި ނަންބަރ ( 7/1 ) ޖަހާފައިވާ ރުކުގެ ސަބަބުން އެގޯއްޗަށް ދަތިވާތީ އެރުއް ނައްތާލުމަށްޓަކައި އެރުކަށް ބަދަލު ދިނުމުގެ ކަންތައް ކުރިއަށް ގެންދާން ބޭނުންވެއެވެ. ވީމާ މިރުކުގެ ވެރިއަކު ވާނަމަ 10 ޖަނަވަރީ 2023 ވަނަ ދުވަހުގެ ކުރިން މިއިދާރާއަށް ދުރުވެ ބަޔާން ދިނުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް އަންގަމެވެ.

އަދި މިމުއްދަތުގައި ޙާޟިރު ނުވެއްޖެނަމަ ކައުންސިލަށް ފެންނަގޮތަކަށް މިރުއް ނައްތާލެވޭނެ ކަންވެސް އަންގަމެވެ.

ރަށުގެ މަގުމަގަށް އަރާ ރައްޔިތުންގެ ރުއްގަހާއި، ކައުންސިލްގެ ބޭނުމަށް ނަގާ ގޯތިގޯތީގައި ހުންނަ ރައްޔިތުންގެ ރުއްގަހުގެ ވެރިން ބަޔާންދިނުމަށާއި ރުއްގަހުގެ ބަދަލުގެ ކަންކަން ހަމަޖެއްސުމަށް ކައުންސިލަށް ދުރުވުމަކީ ރުއްގަހުގެ ވެރިފަރާތުގެ ޒިންމާއެއްކަމުގައި މިއިދާރާގެ 04 ވަނަ ދައުރުގެ 56 ވަނަ ޖަލްސާއިންވަނީ ނިންމާފައެވެ.

މިހެންވެމިކަން ޢާއްމުކޮށް އެންގީމެވެ.

27 ޖުމާދަލްއޫލާ 1444

21 ޑިސެންބަރު 2022
ހޯދާ