ޣާޒީ ބަންޑާރައިން ސްކޫލް، ހއ. އުތީމު
ދިވެހިރާއްޖެ
2023 ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން

                                                                                   ނަމްބަރ: GS-39/IUL/2022/19

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

2023 ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން

2023 ވަނަ އަހަރަށް ސްކޫލުގެ ސެކިޔުރިޓީ ބަލައްޓައިދޭނެ ފަރާތެއް ހޯދުމަށްކުރި ނަންބަރGS-39/IUL/2022/17 އިޢުލާނާ ގުޅިގެން މިޕްރޮޖެކްޓުގައި ބައިވެރިވުމަށްއެދި ނަންނޯޓްކޮށްފައިވަނީ އެއްފަރާތުން ކަމަށްވާތީ އެއިޢުލާން  ބާޠިލްކޮށް، އަލުން އިޢުލާންކުރަމެވެ

1           ސްކޫލް ސެކިއުރިޓީ 01 ޖެނުއަރީ 2023 އިން ފެށިގެން 31 ޑިސެންބަރ 2023 ގެ ނިޔަލަށް ބަލަހައްޓައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2         މިޕްރޮޖެކްޓުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 ޑިސެމްބަރ 21ން 2022 ޑިސެމްބަރ 27 ށް ބަންދުނޫން ދުވަސްތަކުގެ 9:00 އިން 12:00 އަށް ޣާޒީ ބަންޑާރައިން ސްކޫލުގެ އޮފީހަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.

 

3         އީމެއިލް މެދުވެރިކޮށް ރަޖިސްޓަރީ ކުރެއްވުމަށް،(ޚިދުމަތްދޭ ފަރާތުގެ ނަން / މަޢުލޫމާތު ހޯދުމަށް ގުޅަންވީ ފަރާތުގެ ނަން / މޯބައިލް ފޯނު ނަންބަރު / އިޢުލާނު ނަންބަރު) ހިމަނުއްވާ ތިރީގައިވާ އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.

   އީ-މެއިލް: [email protected],mv

4         މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ޑިސެމްބަރ 27 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

5         ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2022 ޑިސެމްބަރ 29 ވަނަ ދުވަހުގެ 11:00 ގައި ޣާޒީ ބަންޑާރައިން ސްކޫލުގެ  އޮފީހުގައެވެ.

6         މިމަސައްކަތަށް ހުށަހަޅާ އަގު -/250000 (ދެ ލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާ އަށް ވުރެ ބޮޑުނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށައަޅާ އަގުގެ %1 ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.

7         މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ

8         އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޣާޒީ ބަންޑާރައިން ސްކޫލް

ހއ.އުތީމު، ދިވެހިރާއްޖެ.

  ފޯން:  6500313

  އީ-މެއިލް: [email protected],mv

27 ޖުމާދިލްއައްވަލް   1444

21 ޑިސެންބަރު 2022
ހޯދާ