ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ހިރިމަރަދޫ އިޖްތިމާޢީ ސަރަޙައްދުތަކާއި، އިޖްތިމާޢީ ސަރަޙައްދުގައި ހިމެނޭ މަގުތަކާއި ގޯޅިތަށް ކުނިކަހާ ވިނަނޮޅައި ސާފުކޮށް ބަލަހައްޓައި ދޭނެ ފަރާތެއްހޯދުން.

ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތައް ކައުންސިލުން ކަނޑައަޅާފައިވާ 6 ސަރަހައްދެއް ވަކިވަކިން ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. އަދި މިމަސައްކަތް ހުށަހަޅާ އަގުތަކަކީ މިމިސައްކަތްކުރުމަށް ކަނޑައަޅާފައިވާ އަގުތަކަކަށްފެތޭ އެންމެ އެށީގެންވާ އަގުތަކަކަށްވާނަމަ މިމަސައްކަތް ކުރިއަށްގެންދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތްކުރުމަށް ޝަޢުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 25 ޑިސެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ 10:30 ގެ ކުރިން މިއިދާރާގައި ރަޖިސްޓްރީ ކުރެއްވުންއެދެމެވެ. މިއިދާރާއަށްދުރުވެ ނުވަތަ މިއިދާރާގެ ނަންބަރު 6520047 ފޯނަށް ގުޅުއްވައިގެން ނުވަތަ މިއިދާރާގެ [email protected] އަށް މެއިލް ކުރައްވައިގެންވެސް ބިޑް ރަޖިސްޓްރީ ކުރެވޭނެއެވެ. ބިޑުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.

މިމަސައްކަތުގެ ޕްރީބިޑް މީޓިންގ އޮންނާނީ  26 ޑިސެމްބަރ 2022 ވާ ހޯމަ ދުވަހުގެ 10:30 ގައި ހިރިމަރަދޫ ކައުންސިލްގެ އިދާރާ ގައެވެ. އަދި ބިޑް ހުޅުވުން އޮންނާނީ 29 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ހިރިމަރަދޫ ކައުންސިލް އިދާރާ ގައެވެ. ޕްރީބިޑް މީޓިންގ އަދި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ބަދަލުގައި އެއްވެސް ފަރާތަކުން ބައިވެރިވެ ވަޑައި ގަންނަވާނަމަ/ ކުންފުނި/ އިންވެސްޓް މަންޓްގެ ރަސްމީ ލިޔުމަކާއި ބައްދަލުވުމުގައި ބައިވެރިވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު މިއިދާރާއަށް ހުށަހަޅަންވާނެއެވެ.   ބިޑް  ހުށަހަޅުއްވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅުއްވާ މަސައްކަތުގެ ނަމާއި، ހުށަހަޅުއްވާ ފަރާތުގެނަންއޮންނަން ވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                    

21 ޑިސެންބަރު 2022
ހޯދާ