ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ގައްދޫ އިން ވިޔަފާރި ބޭނުމަށް ބިން ކުއްޔަށްދިނުން (ގުންގަޒު ގޯތީގެ ހުޅަނގުން އޮތް ހުސްބިން)

ގދ.ގައްދޫ އިން ވިޔަފާރި ބޭނުމަށް ބިން ކުއްޔަށްދިނުން

 

                     މިއީ، ގދ.ގައްދޫ ގުންޒަރު ގޯތީގެ ހުޅަނގުން އޮތް ހުސްބިމުން 348 (ތިންސަތޭކަ ސާޅީސްއަށެއް) އަކަފޫޓްގެ ބިން ތަރައްގީކޮށް ބޭނުންކުރާ ފަރާތްތަކަށް މަންފާ ކުރާނެ ގޮތަކަށް 10 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް މިކައުންސިލުން ކުރެވުނު އިޢުލާނާއި ގުޅިގެން މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ފުރުސަތު ދޭން މިކައުންސިލުން ބޭނުންވެއްވެ.  

ވީމާ، މިބިމުގައި ވިޔަފާރި ހިންގުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

1

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

  • 05 ޖެނުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.
  • (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

2

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

ބީލަން ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް.

 

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

20 ޑިސެންބަރު 2022
ހޯދާ