މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

     މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސުގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.

މަޤާމް:

ޑިވެލޮޕަރ 

ސެކްޝަން/ޑިވިޜަން:

ސްޓެޓިސްޓިކަލް އިންފޮމޭޝަން ސިސްޓަމްސް ސެކްޝަން/ސްޓެޓިސްޓިކްސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ކޮމްޕިއުޓަރ ސައިންސް ގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން
  • ވަޒީފާ ހަމަޖެއްސުމުގައި ތިރީގައި މިދަންނަވާ ތަޖުރިބާއާއި ހުނަރު ހުރި ފަރާތްތަކަށް އިސްކަން ދެވޭނެ:

   - ޕީއެޗްޕީ، އެސްކިޔޫއެލް، ޕައިތަން ފަދަ ކޮމަން ޕޮރޮގްރާމިން ލެންގުއޭޖް އެނގި އެމްވީސީ ފަދަ ޑިޒައިން ޕެޓާރންތަކަށް އަހުލުވެރިވެފައިވުމާއެކު އެޕްލިކޭޝަން ޑިޒައިންކޮށް ކޯޑު ކުރަން އެނގުން

   - ލިނަކްސް އޮޕަރޭޓިންގް ސިސްޓަމް ބޭނުން ކުރަން އެނގުމާއެކު ސަރވަރ މެނޭޖްކުރަން އެނގުން

   - ސޮފްޓްވެއަރ ޑިވަލޮޕްމަންޓް ސައިކަލްގެ މައުލޫމާތު ހުރުން

   - ބޮޑެތި ޑޭޓާ ސެޓް އަދި ޑޭޓާ ބޭސްތަކުގެ މަސައްކަތު ތަޖްރިބާ ހުރުން

  • އަމިއްލަ އިސްނެގުމާއެކު އަމިއްލައަށާއި މީހުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޝަޢުޤުވެރިކަން ހުރުން
  • ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުއާމަލާތްކުރަން އެނގުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ސްޓެޓިސްޓިކްސް ޑިވިޝަންގެ ތަފާސްހިސާބާ ގުޅޭ ޑޭޓާ ވެއަރހައުސް ޑިޒައިން ކުރުމާއި، ޑިވެލޮޕްކުރުމާއި ޑޭޓާބޭސްގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން
  • ޑޭޓާބޭސްގެ ޕާފޯމަންސް މޮނިޓަރކޮށް ރިވިއުކުރުމުގެ އިތުރުން ޑޭޓާބޭސް މެނޭޖްމަންޓް ޓެސްޓްތައް ހެދުން
  • ޑޭޓާބޭސް ބޭނުންކުރާ ފަރާތްތަކަށް ސިސްޓަމްތަކާ ގުޅޭ ތަމްރީނު ފޯރުކޮށްދިނުން
  • އެމްއެމްއޭގެ ސްޓެޓިސްޓިކްސް ޑޭޓާބޭސް (ކުއަރީ ޑޭޓާބޭސް) އިތުރަށް ޑިވެލޮޕްކޮށް ބެލެހެއްޓުން
  • ތަފާސްހިސާބްތަކާ ގުޅޭ އެމްއެމްއޭގެ މޯބައިލް އެޕްލިކޭޝަން 'ވިޔަ' އަދި ވެބް އެޕްލިކޭޝަންގެ ބެކްއެންޑާ ގުޅޭ ޑިވެލޮޕްމަންޓް މަސައްކަތްތައްކުރުން
  • ތަފާސްހިސާބްތަކާގުޅޭ ޑޭޝްބޯޑްތައް ޑިވެޕޮލްކޮށް ބެލެހެއްޓުން
  • ޑޭޓާބޭސްތަކާ ގުޅޭގޮތުން މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަމާއި ސަޕޯޓް ފޯރުކޮށްދިނުން

މުސާރަޔާއި އިނާޔަތްތައް

19,000.00 – 22,300.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް ކައުންސެލް

ސެކްޝަން/ޑިވިޜަން:

ލީގަލް ސެކްޝަން/ގަވަރުނަރސް އޮފީސް

ބޭނުންވާ ޢަދަދު:

02 (ދޭއް) - ދާއިމީ 01 (އެކެއް) ވަޒީފާ އަދި ކޮންޓްރެކްޓް 01 (އެކެއް) ވަޒީފާ

ވަޒީފާގެ މުއްދަތު:

ކޮންޓްރެކްޓް ވަޒީފާގެ މުއްދަތަކީ 01 އަހަރެވެ (01 އަހަރު ވުމުން ދެ ފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން ކޮންޓްރެކްޓް އާކުރުމުގެ ނުވަތަ ދާއިމީ ވަޒީފާއަކަށް ބަދަލު ކުރުމާމެދު ގޮތެއް ނިންމުމުގެ ފުރުސުތު އޮންނާނެއެވެ).

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން
  • ރާއްޖޭގެ ޤާނުނުތަކާ ޤަވާއިދުތަކާ އަދި ރާއްޖޭގެ ކޯޓުތަކުގެ އިޖުރާޢަތްތަކާ ބެހޭ މައުލޫމާތު ހުރުން
  • ފަރިތަކަމާއެކު ދިވެހި އަދި އިނގިރޭސި ބަހުން (ޢާންމު އަދި ޤާނޫނީ ބަސްމަގުން) ލިޔެކިޔުމާއި މުޢާމަލާތުކުރުމުގެ ހުނަރާ ތަޖްރިބާ ލިބިފައިވުން
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން
  • އަމިއްލަ އިސްނެގުމާއެކު އަމިއްލައަށާއި މީހުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޝަޢުޤުވެރިކަން ހުރުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ މަސައްކަތްތަކާއި ގުޅޭގޮތުން ދިމާވާ އެކިއެކި ޤާނޫނީ މައްސަލަތަކުގައި ލަފާދިނުމާއި އެކަންކަމާ ގުޅޭ ލިޔެކިޔުންތައް ތައްޔާރު ކުރުމާއި އެމްއެމްއޭގެ މަސައްކަތްތަކަށްް ބޭނުންވާ ޤާނޫނުތަކާއި ޤަވާޢިދުތައް ޑްރާފްޓް ކުރުމާއި ތަރުޖަމާ ކުރުން

މުސާރަޔާއި އިނާޔަތްތައް

19,000.00 – 22,300.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

އޮޕަރޭޝަންސް އެންޑް ސަރވިސަސް ސެކްޝަން/ޓެކްނޮލޮޖީ ސަރވިސަސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ބިޒްނަސް އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ނުވަތަ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން
  • ވަޒީފާ ހަމަޖެއްސުމުގައި ބިޒްނަސް އެނަލިސިސް އާއި ގުޅޭ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އޮތޯރިޓީގެ އެކިއެކި ބިޒްނަސް ޕްރޮސެސްތައް ދިރާސާކޮށް އަދި ބޭނުންކުރަމުންދާ އިންފޮމޭޝަން ޓެކްނޮލޮޖީ ސިސްޓަމްސްތައް ދިރާސާކޮށް އޮތޯރިޓީގެ މަސައްކަތްތައް ތަރައްޤީކުރުމަށް ބޭނުންވާނެ ސިސްޓަމްސްތައް ހުށަހެޅުން
  • އޮތޯރިޓީގެ އެކިއެކި ޑިވިޜަންތަކުގެ ބިޒްނަސް ރިކުއަރމަންޓްތައް ދެނެގަނެ، ޕްރޮގްރާމް ހަދާ ފަރާތްތަކަށް ބޭނުންވާނެހެން ޓެކްނިކަލް ރިކުއަރމަންޓްސް ތައްޔާރުކުރުން
  • އަމިއްލަ އިސްނެގުމާއެކު އަމިއްލައަށާއި މީހުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޝަޢުޤުވެރިކަން ހުރުން
  • ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުއާމަލާތްކުރަން އެނގުން

މުސާރަޔާއި އިނާޔަތްތައް

19,000.00 – 22,300.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

ޕޭމަންޓް ސިސްޓަމްސް ލައިސެންސިންގ އެންޑް ޑިވެލޮޕްމަންޓް ސެކްޝަން/ޕޭމަންޓް ސިސްޓަމްސް އެންޑް އޯވަރސައިޓް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ކޮމްޕިއުޓަރ ސައިންސް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން
  • ވަޒީފާ ހަމަޖެއްސުމުގައި، އެޕްލިކޭޝަން އެޑްމިނިސްޓްރޭޝަންގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ
  • އަމިއްލަ އިސްނެގުމާއެކު އަމިއްލައަށާއި މީހުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޝަޢުޤުވެރިކަން ހުރުން
  • ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުއާމަލާތްކުރަން އެނގުމާއި ފެންވަރު ރަނގަޅު ލިޔުންތައް ތައްޔާރުކުރުމުގެ ގާބިލްކަން ހުރުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އެމްއެމްއޭއިން ގާއިމްކުރަމުންދާ ޕޭމަންޓް ސިސްޓަމްގެ އެޕްލިކޭޝަން އެޑްމިނިސްޓަރގެ ގޮތުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
  • ޕޭމަންޓް ސިސްޓަމަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްކުރުން
  • ޕޭމަންޓް ސިސްޓަމް ބޭނުންކުރާ ފަރާތްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް ދިނުމުގައި އެހީތެރިވެދިނުން
  • ޕޭމަންޓް ސިސްޓަމްޓަމްގައި ބައިވެރިވާ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން 
  • ޕޭމަންޓް ސިސްޓަމް ގާއިމް ކުރުމުގެ ޕްރޮޖެކްޓާއި ގުޅުން ހުރި އެކިއެކި ފަރާތްތަކާއި މުއާމަލާތްކޮށް ޕްރޮޖެކްޓް ޤާއިމްކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުން
  • ޕޭމަންޓްސް ޕްރޮޖެކްޓް އާއި ގުޅޭގޮތުން ތައްޔާރުުކުރަންޖެހޭ އެކިއެކި ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސިޖަރސްތައް ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން

މުސާރަޔާއި އިނާޔަތްތައް

19,000.00 – 22,300.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ޑިގްރީ ސެޓްފިކެޓް ލިބިފައިނުވާނަމަ ކޯސް ނިމުނު ކަމުގެ ރަސްމީ ލިޔުމެއް.
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

ސުންގަޑި

26 ޑިސެންބަރު 2022 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އަށް

 

     ނޯޓް: ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންކުރައްވާނީ careers.mma.gov.mv މި ލިންކްގައިވާ ޕޯޓަލްއެވެ. އަދި މި ވަޒީފާތަކާ ބެހޭ އިތުރު މަޢުލޫމާތާއި ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓޭޓަސް މި ޕޯޓަލްއިން ފެނިވަޑައިގަންނަވާނެއެވެ.

މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހާޖެހިގެން އަންނަ ދުވަހުން ފެށިގެން 07 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

ޝޯޓް ލިސްޓްކުރުމުގައި މައިގަނޑު އަސާސެއްގެ ގޮތުގައި ބަލާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހުގެ ނަތީޖާއަށާއި އިނގެރޭސި ބަހުގެ ނަތީޖާއަށެވެ.

20 ޑިސެންބަރު 2022
ހޯދާ