ދިވެހިރާއްޖެ
(IUL)297-SM/297/2022/100 :ނަމްބަރ
އިޢުލާން
"ދުޅަހެޔޮ ހަށިހެޔޮ" ކަސްރަތު ޕްރޮގްރާމް ހިންގުމާބެހޭ
ސަރުކާރުގެ ދުޅަހެޔޮ، ހަށިހެޔޮ މުޖުތަމައެއް ބިނާކުރުމުގެ ސިޔާސަތުގެ ދަށުން ހިންގާ "ދުޅަހެޔޮ ހަށިހެޔޮ" ކަސްރަތު ޕްރޮގުރާމް މިރަށުގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ހުރިހާ އުމުރުފުރައެއްގެ މީހުނަށްވެސް ވަނީ ފުރުސަތު ހުޅުވާލެވިފައެވެ.
ވީމާ، މި ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 05 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 02:00 ގެ ކުރިން، ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުމަށް އެދި ދަންނަވަމެވެ.
ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމް މިއިދާރާއިން ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ.
- އިތުރު މަޢުލޫމާތު: 6563800 (ވެލިދޫ ކައުންސިލް)
މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.