އުލިގަމު ސްކޫލް، ހއ. އުލިގަން
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

މި ސްކޫލް ޕްލޭއޭރިޔާގައި ހުރިތަކެތި، އަލަށް ކަނޑައެޅި ސަރަޙައްދަށް ބަދަލުކުރުމުގެ މަސައްކަތް ކުރުމާއި، ޕްލޭއޭރިޔާ އައު ސަރަހައްދަށް ރިލޮކޭޓްކޮށް ޕްލޭއޭރިޔާ ފެށުމުގެ ގޮތުން ކުރަންވެފައިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

1. މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ‏2022‏ ޑިސެންބަރު 21‏ ވާ ބުދަ‏ ދުވަހުގެ 11:00 އަށް މި ސްކޫލަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު، ‏2022‏ ޑިސެންބަރު‏ 22‏ ވާ ބުރާސްފަތި‏ ދުވަހުގެ 13:00 ގެ ކުރިން އުލިގަމު ސްކޫލަށް އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. އީމެއިލުން ހުށަހަޅުއްވާނަމަ [email protected] އަށް އަގު ހުށަހަޅާ ފޯމް ފޮނުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ ފޯމުތައް ބަލައެއް ނުގަނެވޭނެއެވެ.

2. މަސައްކަތުގެ މަޢުލޫމާތު ކަރުދާހާއި، އަގު ހުށަހަޅާ ފޯމް ރަސްމީ ގަޑީގައި ސްކޫލް އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި [email protected] އަށް އީމެއިލް ކުރެއްވުމުންވެސް ފޯމު ފޮނުވައިދެވޭނެއެވެ.

3. މި މަސައްކަތާބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ ‏2022‏ ޑިސެންބަރު‏ 21‏ ވާ ބުދަ‏ ދުވަހުގެ 14:00 ގެ ކުރިން އުލިގަމު ސްކޫލުގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ. ފޯނުން ގުޅުއްވާނަމަ 6500548 ނަންބަރާ ގުޅުއްވުން އެދެމެވެ.

19 ޑިސެންބަރު 2022
ހޯދާ