މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމު ކުރުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ބ. ކިހާދޫ ކައުންސިލުގެ އިދާރާގެ ނަންބަރު 30/2014 (27 އޮކްޓޫބަރު 2014) އިޢުލާނުން، ކިހާދޫ ކައުންސިލުގެ އިދާރާގެ ގޯތިތެރޭގައި ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި، އިޢުލާނާ ގުޅިގެން މިކަމަށް ކުރިމަތިލާފައިވަނީ، އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލާފީމެވެ.

1- ބީލަންފޮތް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 ން 14:30 އަށް ކިހާދޫ ކައުންސިލުގެ އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.

2- މި މަޝްރޫޢުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 03 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ކިހާދޫ ކައުންސިލުގެ އިދާރާގައެވެ.

3- ބިޑް ހުޅުވުން އޮންނާނީ 09 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި ކިހާދޫ ކައުންސިލުގެ އިދާރާގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.  ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި ހުންނަންވާ ނެއެވެ.

  ހ. "މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލުގެ އިދާރާގެ ގޯތިތެރޭގައި ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް"

  ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު.

  ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު

4- ބީލަމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ ބީލަން ޤަބޫލު ނުކުރެވޭނެއެވެ

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ޞަފަރު 1436

23 ނޮވެންބަރު 2014
ހޯދާ