ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ބޭނުންވާ ސްޓޭޝަނަރީސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

`

 

ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް

ފުވައްމުލައް

  ދިވެހިރާއްޖެ

                                                   

ނަންބަރު:R1C-A/2022/30

 

މި ކޯޓަށް ބޭނުންވާ ސްޓޭޝަނަރީސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 

މި ކޯޓަށް ބޭނުންވާ ސްޓޭޝަނަރީސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.

މިތަކެތި ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ބޭނުންވާނަމަ، މި ކޯޓުގެ މެއިލް އެޑްރެސް [email protected]  އަށް 28 ޑިސެމްބަރ 2022 ވަނަ ދުވަހު 10:00 ގެ ކުރިން މެއިލް ކުރުން އެދެމެވެ.

އަދި މި ތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު 29 ޑިސެމްބަރ 2022 ވަނަ ދުވަހު 10:00އަށް މި ކޯޓަށް ހުށައެޅުއްވުން އެދެމެވެ.

 

މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

25 ޖުމާދަލްއޫލާ  1444

19 ޑިސެމްބަރ 2022   

 

ބިޑް ހުށަހަޅާ ފަރާތްތަކަށް ދޭ މައުލޫމާތު

  • ޕްރޮޖެކްޓްގެ ނަން: މިކޯޓުގެ ބޭނުންވާ ބައެއް ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް
    • އިއުލާން ނަންބަރު: R1C/2022/30  (19 ޑިސެމްބަރ 2022)
    • ބިޑް ހުށަހަޅަންޖެހޭ ތާރީޚް: 29 ޑިސެމްބަރ 2022 (13:30)
    • ބިޑް ހުށަހަޅަންޖެހޭ ތަން: ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް

 

 

މި ކޯޓުގެ ނަންބަރ R1C/2022/30(19 ޑިސެމްބަރ 2022) އިޢުލާނާއި ގުޅިގެން ދެވޭ މަޢުލޫމާތު:

  1. 1.      ތަޢާރަފް:

މިމަޢުލޫމާތު ކަރުދާހަކީ، މިކޯޓުގެ ނަންބަރު: R1C-A/2022/30  (19 ޑިސެމްބަރ 2022) އިޢުލާނާއި ގުޅިގެން ފޯރުކޮށްދެވޭ މަޢުލޫމާތު ކަރުދާހެކެވެ.

  1. 2.      ހޯދަންބޭނުންވާ ތަކެތީގެ ތަފްސީލް:

ބޭނުންވާ ޢަދަދު

ތަކެތީގެ ތަފްޞީލް

ނަންބަރު

10

ހީރަސްނަރު ކުދި (10 ނަންބަރު) ބޮކްސް

  1.  

3

ހީރަސްދަތި ކުޑަ (10 ނަންބަރު)

2.     

1

ބައިންޑަރ ކްލިޕް (25 އެމް.އެމް) ބޮކްސް

3.     

70

ރީމް (ހުދުކުލައިގެ، ޕޭޕަރ ވަން އޯލް ޕަރޕަސް ޕްރިމިއަމް ޕޭޕަރ)A4

4.     

1

ރީމް (ފިޔާތޮށި ކުލަ)A4

5.     

1

ރީމް ( ނޫ ކުލަ)A4

6.     

1

ރީމް (ފެހި ކުލަ)A4

7.     

150

ކަރުދާސް ފައިލް (ޕަންޗްޑް)

8.     

5

ކަޓަރު (ބޮޑު ސައިޒް)

9.     

20

ބޮކްސް ފައިލް (Elephant brand (super strong) No:120A4 (grey))

10.    

2

ބްރަދާސް ސްޓޭމްޕް ދެލި ފުޅި (ނޫކުލަ)

11.    

2

ޓޭޕް ރޯލް ބޮޑު(ޕެކިންގ)

12.    

2

ސްޓިކް ޕެން (ނޫކުލަ)

13.    

5

ފުޅި ސޯކްލީން ފްލޯރ ކްލީނަރ (1900ml)

14.    

6

ކިޗެން ޓަވަލް (13*16 އިންޗް)

15.    

6

ސްޕޮންޖް (ކުޑަ)

16.    

48

ޓިޝޫ ޕެކެޓް ( LIVI LILLY SOFT TISSUE)

17.    

24

ޓިޝޫ ބޮކްސް (LOTUS BOX TISSUE)

18.    

7

HP 85A TONER

19.    

4

HP 83A TONER

20.    

4

Brother TN-2480 TONER

21.    

9

CANON 051 TONER

22.    

4

ފާޚާނާ ބުރުސް ސްޓޭންޑާއެކު

23.    

12

A2 ބެޓެރި

24.    

12

ބެޓެރި A3

25.    

15

އެނަރޖީ ސޭވިންގ ބޮކި(15WATT)

26.    

1

ޑިސްޕޯސަބަލް ގްލޯވްސް ބޮކްސް

27.    

3

ހެޑްސެޓް ޔޫއެސްބީ ( ލޮޖިޓެކްH390  ހެޑްސެޓް ނުވަތަ އެއާ އެއްފެންފަރެއްގެ)

28.    

100

ސިޓީއުރަ 9*4

29.    

10

ސީލިނގް ލައިޓް (ހަތަރެސްކަން cm 17*17 ) 12 WATT))

30.    

1

ވީލް ބަރޯ

31.    

10

ފިންގަރ ޕްރިންޓް ޕެޑް

32.    

 

2.1 ޓޭބަލް-1 ގައިވާ ހުރިހާ ތަކެއްޗަށް އަގު ހުށަހަޅަންވާނެއެވެ. އަގު ހުށަހަޅަންވާނީ ހަމައެކަނި ސަޕް ލައިކޮށްދިނުމުގެ އަގެވެ. އަދި ވިއްކަން  ގަސްދުކުރާ އައިޓަމްތަކުގެ އަގާއި، ބްރޭންޑް އަދި ސްޕެސިފިކޭޝަން އަންދާސީހިސާބާއެކު ހުށަހަޅަންވާނެއެވެ.

2.2 މުޅި ޕްރޮޖެކްޓް ހަވާލުކުރެވޭނީ އެއް ފަރާތަކާއެވެ. ބައިބަޔަށް މަސައްކަތް ޙަވާލެއް ނުކުރެވޭނެއެވެ.

 

 

2.3 އަގު ހުށަހަޅުއްވާއިރު ފުރިހަމަކުރަންޖެހޭ ކަންކަން:

  • އަގު ހުށަހަޅުއްވާއިރު އަގު ބަޔާންކުރަންވާނީ ތަކެތީގެ އަގާއި، ޖީ.އެސް.ޓީ (ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ކުރެވިފައިވާނަމަ) އެނގޭނެ ގޮތަށެވެ. އަދި އަންދާސީ ހިސާބުގައި ކުންފުނީގެ ތައްގަޑު އަދި ސޮއި އޮންނަންވާނެއެވެ.
  • ތަކެތި ސަޕްލައިކުރުމަށް / މަސައްކަތެއް ކުރުމަށް އަގު ހުށަހަޅަންވާނީ ކްރެޑިޓަށް ކޮށްދެވޭނެ އަގެކެވެ.
  • އަންދާސީ ހިސާބުގައި ގުޅޭ ނަންބަރެއްގެ ގޮތުގައި ހިއްސާކުރާ ނަންބަރަކީ ބީލަން ވެރިޔާގެ ނުވަތަ ބީލަމުގެ ކަންކަން ބަލަހައްޓާ ފަރާތުގެ ނަންބަރު ކަމުގައިވާންވާނެއެވެ.
  • ބީލަން ހުށަހަޅަންވާނީ ބަންދު ކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައިބީލަމުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. ސިޓީ އުރައިގައި ބީލަން ހުށަހަޅާ ފާރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރު ލިޔެފާ އޮންނަންވާނެއެވެ.
  • އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ތަކެތި ފޯރުކޮސްދެވޭނެ މުއްދަތު ޖަހަންވާނެއެވެ. ތަކެތި ސަޕްލައިކުރުމުގެ މުއްދަތު ޖަހަންވާނީ ހުކުރުދުވަސްތަކާއި ބަންދުދުވަސްތައް ހިމަނައިގެންނެވެ.
  • ތަކެތި ސަޕްލައި ކޮށްދޭނެ މުއްދަތުކަމަށް އަންދާސީ ހިސާބުގައި ބަޔާން ކުރަންވާނީ، އެތަކެތި އެއްފަހަރާ ގެނެސް ޙަވާލުކުރެވޭނެ މުއްދަތެވެ.ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ތަކެތި ސަޕްލައި ކޮށްދިނުމަށް ޙަވާލު ކުރެވޭ އަދަދަށްވުރެ މަދުން ސަޕްލައި ކޮށްދީފިނަމަ، އެއަދަދެއް ޤަބޫލެއް ނުކުރެވޭނެއެވެ.
  • އަންދާސީ ހިސާބާ ގުޅޭ މަޢުލޫމާތު ސާފުކުރުމަށް ހުށަހަޅަންޖެހޭނީ ލިޔުމުން އީމެއިލް މެދުވެރިކޮށެވެ. މި ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް އީމެއިލްކުރައްވާނީ: [email protected] އަށެވެ.

 

 

 

  1. 3.      ބީލަމަށް ކުރިމަތިލެވޭ ފަރާތްތަކުގައި ހުންނަޖެހޭ ޝަރުތުތައް:

ބިޑް ހުށަހަޅާ ފަރާތްތަކަކީ އަންނަނިވި ޝަރުތުތައް ފުރިހަމަވާ ފަރާތަކަށް ވާން ވާނެއެވެ. މި ޝަރުތުތައް ފުރިހަމަ ނުވާ ފަރާތަކުން ހުށަހަޅާ ބިޑަކީ "ސަބްސްޓޭންޝަލީ ރެސްޕޯންސިވް" ބިޑެއް ނޫން ކަމަށް، ބިޑް އިވެލުއޭޝަން މަރުހަލާގައި ކަނޑައެޅޭނެއެވެ.

2.1 ބީލަން ހުށަހަޅާ ފަރާތަކީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ނަންބަރު 2014/18 ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިއަކަށް ވާންވާނެއެވެ.  

 

  1. 4.      ބީލަން ހުށަހެޅުން

އަންދާސީ ހިސާބު ހުށަހަޅަންވާނީ މި ކަރުދާހާއެކު ދީފައިވާ އަންދާސީ ހިސާބު ހުށަހަޅާ ފޯމް މެދުވެރިކޮށެއެވެ. މި ފޯމުގައި ކޮންމެހެން ފުރިހަމަކުރަންޖެހޭ ބައިތައް ފުރިހަމަނުކޮށް ހުށަހަޅާ ބިޑެއް ބަލައެއް ނުގަނެވޭނެއެވެ. ކޮންމެހެން ފުރިހަމަކުރަންޖެހޭ ބައިތައް ވަކިން އެނގޭނޭހެން އެ ފޯމުގައި ފާހަގަކުރެވިފައި ވާނެއެވެ.

ބީލަމަށް ކުރިމަތިލާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) ބީލަމެވެ. ވާދަވެރިކަންގެއްލޭގޮތައް އެކިއެކި ނަންނަމުގައި އެއްފަރާތަކުން ބީލަން ހުށަހަޅާފައިވާކަން ފާހަގަކުރެވޭނަމަ އެފަރާތުން ހުށަހަޅާފައިވާ ހުރިހާ ބީލަމެއް ބާތިލުކުރެވޭނެއެވެ.

 

4- ބީލަމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

4.1 އަންދާސީ ހިސާބު ހުށަހަޅާއިރު ތިރީގައިމިވާ މަޢުލޫމާތު އަދި ލިޔުމެއް އަދި ލިޔުންތައް މަދު ނުވަތަ ނެތްނަމަ އިވެލުއޭޝަން މަރުހަލާގައި އަންދާސީ ހިސާބު ޑިސްކޮލިފައި ކުރެވޭނެއެވެ.

(ހ) ފުރިހަމަ ކޮށްފައިވާ ބީލަން ހުށަހަޅާ ފޯމް.

(ށ) ކުންފުނި/ޕާޓްނަރޝިޕް/ ކޯޕަރޭޓިވް ސޮސައިޓީ/ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރެޖިސްޓްރީގެ ކޮޕީ.

(ނ) އެސް.އެމް.އީ ރަޖިސްޓްރޭޝަން ކޮޕީ.

(ނ) ބީލަން ހުށަހަޅާ ފަރާތުގެ ވިޔަފާރި ޕްރޮފައިލް (ހިއްސާދާރުންގެ މައުލޫމާތު އެގޭގޮތައް).

(ރ) ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ (ޖީ.އެސް.ޓީއަށް ރެޖިސްޓްރީ ކޮށްފައިވާނަމަ) ނުވަތަ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްފައިވާކަން އަންގައިދޭ ލިއުމެއް.

 (ބ) މަޢުލޫމާތު ކަރުދާހުގެ 05 (ފަހެއް) ނަންބަރު ގައި ބަޔާންކޮށްފައިވާ ޝަރުތު ފުރިހަމަވާ ބިޑް ސެކިއުރިޓީ.

 

4.2 ބީލަން ހުށަހަޅާއިރު ތިރީގައިމިވާ މަޢުލޫމާތު އަދި ލިޔުމެއް އަދި ލިޔުންތައް މަދު ނުވަތަ ނެތްނަމަ މާރކްސް ނުލިބޭނެއެވެ.

(ހ) މި މަޢުލޫމާތު ކަރުދާހުގެ 06  (ހައެއް) ނަންބަރު ގައި ބަޔާންކުރާ ތަޖްރިބާގެ ލިއުން.

 

5-                ހުށަހަޅަންޖެހޭ ސެކިޔުރިޓީ އަދި ގެރެންޓީތައް

5.1  ބިޑް ސެކިއުރިޓީ

(ހ)  މި ޕްރޮޖެކްޓްގެ ބިޑް ސެކިޔުރިޓީގެ ހުށަހަޅާ ބިޑްގެ ޖުމުލަ އަގުގެ %1 (އެކެއް އިންސައްތަ)އެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން މަދުވެގެން 30 (ތިރީސް) ދުވަސް ކަމުގައި ވާންވާނެއެވެ.

(ށ) ހުށަހަޅާ އަންދާސީހިސާބުގެ ޖުމްލަ އަގު 500,000.00ރ. (ފަސް ލައްކަރުފިޔާ) އަށް ވުރެ ބޮޑުވާކަމުގައިވާނަމަ މަތީގައި ބަޔާންކޮށްފައިވާ އަދަދުގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންވާނެއެވެ.

(ނ) ބިޑް ސެކިޔުރިޓީގެ ގޮ ގޮތުގައި ގަބޫލުކުރާނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ބޭންކަކުން ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓަކުން މި ޕްރޮޖެކްޓަށް ދޫކޮށްފައިވާ ބިޑް ސެކިޔުރިޓީ ލިޔުމެކެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި ޗެކް ބަލައެއް ނުގަނެވޭނެއެވެ.

(ރ) މަސައްކަތާ ހަވާލުނުވެއްޖެނަމަ، މި ޕްރޮޖެކްޓަށް ހުށަހަޅާފައިވާ ބިޑް ސެކިޔުރީޓީ ދައުލަތުގެ އާމްދަނީއަށް ނެގުމުގެ ހައްގު މި ޑިޕާޓްމަންޓަށް ލިބިގެންވެއެވެ. 

5.2 އެޑްވާންސް ފައިސާ އަދި އެޑްވާންސް ފައިސާގެ ގެރެންޓީ

(ހ)މި ޕްރޮޖެކްޓަށް އެޑްވާންސް ފައިސާ ދޫކުރުމަށް ހަމަޖެހިފައި ނުވެއެވެ.

 

5.3    ޕާފޯމަންސް ގެރެންޓީ.

(ހ) ބީލަން ކާމިޔާބުކުރާ ފަރާތުން ހުށަހަޅާފައިވާ އަގަކީ 500،000.00ރ. (ފަސް ލައްކަ ރުފިޔާ) އަށްވުރެއް ބޮޑު އަގެއްނަމަ ޕާފޯމަންސް ގެރެންޓީގެ ގޮތުގައި %4 (ހަތަރު އިންސައްތަ) އެއްބަސްވުމުގައި ސޮއިކޮށް މަސައްކަތާ ހަވާލުވާ ދުވަހު ހުށަހަޅަންވާނެއެވެ.

(ށ) ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ހުށަހަޅަންވާނީ ސަރުކާރު ގަބޫލުކުރާ ބޭންކަކުން ނުވަތަ ދިވެހިރާއްޖޭގައި ގާއިމްކުރެވިފައިވާ ފައިނޭންޝަލް އިންސްޓިޓިއުޓަޝަނަކުން މި ޕްރޮޖެކްޓަށް ދޫކޮށްފައިވާ ޕާރފޯމަންސް ގެރެންޓީ ލިޔުމެކެވެ. އަދި ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ޗެކް ބަލައެއް ނުގަނެވޭނެއެވެ.

 (ނ) ޕަފޯމަންސް ގެރެންޓީ މުއްދަތަކީ، އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން މަސައްކަތުގެ މުޅި މުއްދަތަށްވުރެ ކުރު މުއްދަތަކަށް ވެގެން ނުވާނެއެވެ. ޕަފޯމަންސް ގެރެންޓީ ހުށަނާޅާފި ނަމަ ބެލެވޭނީ މަސައްކަތް ހަވާލުނުވީ ކަމަށެއެވެ. އަދި އެފަރާތުން ހުށަހަޅާފައިވާ ބިޑް ސެކިއުރިޓީ ދައުލަތުގެ އާމްދަނީއަށް ނެގުމުގެ ހައްގު މި ޑިޕާޓްމަންޓަށް ލިބިގެންވެއެވެ.

(ރ) އެއްވެސް ސަބަބަކާހުރެ ކޮންޓްރެކްޓް ބާތިލްކުރަން މި ޑިޕާޓްމަންޓުން ނިންމައިފި ނަމަ، ނުވަތަ އެއްވެސް ސަބަބަކާހުރެ މަސައްކަތް ދޫކޮށްލައިފިނަމަ ޕާރފޯމަންސްގެރެންޓީގެ ދައުލަތުގެ އާމްދަނީއަށް ނެގުމުގެ ހައްގު މި ޑިޕާޓްމަންޓަށް ލިބިގެންވެއެވެ.

 

6-     ބިޑް އިވެލުއޭޝަން ކްރައިޓީރިއާ އާއި އެވޯޑްކުރުން

ބީލަން އެވޯޑް ކުރެވޭނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.46 ގެ (ހ) ގެ (2) ވަނަ ނަންބަރުގައި ވާ ގޮތަށް ލޯވެސްޓް އިވެލުއޭޓެޑް ސަބްސްޓޭންޝަލީ ރެސްޕޯންސިވް ބިޑް ހުށަހަޅާ ފަރާތަކަށެވެ. އެގޮތުން ބިޑް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނެ ގޮތްތަކަކީ؛

6.1 އަގު 70%

އެންމެކުޑަ އަގު ހުށަހަޅާ ފަރާތަށް އެންމެމަތީ މާކްސް.

6.2 މުއްދަތު 20%

އެންމެ ކުރުމުއްދަތެއްގެ ތެރޭގައި ތަކެތި ސަޕްލައި ކުރުމަށް / މަސައްކަތް ނިންމުމަށް ހުށަހަޅާ ފަރާތަށް އެންމެމަތީ މާކްސް.

6.3  ތަޖުރިބާ 10% 

2018 ވަނަ އަހަރުން ފެށިގެން، ދައުލަތުގެ އޮފީސްތަކަށާއި ދައުލަތުގެ ކޯޕަރޭޝަންތަކަށާއި ސްޓޮކް-އެކްސްޗޭންޖްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށް ފޯރުކޮށްދީފައިވާ މިފަދަ ތަކެތީގެ ޖުމްލައަގު  100,000.00 (އެއްލައްކަ) ރުފިޔާއަށްވުރެއް ކުޑަނޫން މަސައްކަތްތައް ފުރިހަމަކޮށްފައިވާކަމަށް ޚިދުމަތް ލިބުނު ފަރާތުން ބިޑް ހުށަހަޅާފައިވާ ފަރާތަށް ދޫކޮށްފައިވާ ލިޔުން. އެގޮތުން ޝަރުތު ފުރިހަމަވާ ލިއުމަކަށް 1 (އެކެއް) މާކްސްގެ މަގުންނެވެ. އަދި މާކްސް ދެވޭނީ އެންމެގިނަވެގެން 10 ލިއުމަށެވެ. މަސައްކަތް ފުރިހަމަކުރި ތާރީޙާއި ޖުމްލަ އަގު އެނގެން ނެތް ލިއުންތައް ބަލައެއް ނުގަނެވޭނެއެވެ.

 

7-     އިތުރު މަޢުލޫމާތު

(ހ) ކޮންޓްރެކްޓް އެވޯޑްކުރެވޭ ފަރާތަށް އެކަން ލިޔުމުން އެންގޭނެއެވެ. އަދި އެކަން އަންގާތާ އެންމެ ލަސްވެގެން 1 (އެކެއް) ހަފުތާ ދުވަހުގެ ތެރޭގައި މަސައްކަތާ ހަވާލުވާން ވާނެއެވެ.

(ށ) ތަކެތި ސަޕްލައިކުރުން ނުވަތަ މަސައްކަތުގެ މުއްދަތުގެ ގޮތުގައި ޖަހަންވާނީ ތަކެތި ގެނެސް މި ކޯޓަށް ޑެލިވަރީ ކޮށްދެވޭނެ ނުވަތަ މަސައްކަތް ނިންމޭނެ މުއްދަތެކެވެ. އަދި މި ޕްރޮޖެކްޓްގެ ބޭނުމަށްޓަކައި މުއްދަތު ގުނާނީ ބަންދުދުވަސްތައް ހިމަނައިގެންނެއެވެ.

(ނ) މަސައްކަތުގެ އަގު ދޫކުރެވޭނީ މި ތަކެތި ސަޕްލައިކޮށް ނުވަތަ މަސައްކަތް ނިމުމުންނެވެ. އަދި ބީލަމުގެ ދަށުން ވަކިވަކިން ތަކެތި ބަލައިގަތުމަށް ހަމަޖެހިފައެއްނުވެއެވެ.

(ރ) ބިޑް ހުށަޅާ ފަރާތަކީ ޝަރުއީ ހުކުމެއް ރައްދުވެފައިވާ ފަރާތެއް ކަމުގައި ވާ ނަމަ، ވިޔަފާރީގެ ޕްރޮފައިލްގައި އެކަން ހާމަކުރަންވާނެއެވެ. އަދި އެ ފަދަ މައްސަލައެއް ޝަރުއީ ކޯޓެއްގައި ހިނގަމުންދާނަމަ އެ މައުލޫމާތު ވެސް އެ ގޮތަށް ހާމަކުރަންވާނެއެވެ. އަދި އެފަދަ ކަމެއްގެ ސަބަބުން ކޮންޓްރެކްޓް ފުރިހަމަކުރުމަށް މަސައްކަތް ހަވާލުވާ ފަރާތުން ނުކުޅެދިދާނެކަމުގެ އިހްތިމާލު ބޮޑުކަމަށް މި މިކޯޓަށް ގަބޫލުކުރެވިއްޖެ ނަމަ، އެ ފަރާތަކީ ބިޑް ހުށަހެޅުމަށް ޝަރުތު ހަމަނުވާ ފަރާތެއްކަމަށް ކަނޑައެޅުމުގެ ބާރު މި ކޯޓަށް ލިބިގެންވެއެވެ.

 

(ބ) ބިޑް ހުށަހެޅި ފަރާތާއި މުއާމަލާތުކުރެވޭނެ ގޮތްތައް ވިޔަފާރީގެ ޕްރޮފައިލްގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ޅ) މި ކޮންޓްރެކްޓްގައި ސޮއިކޮށް މަސައްކަތްހަވާލުވުމާއެކު ޕަބްލިކް އެކައުންޓިންގ ސިސްޓަމު މެދުވެރިކޮށް މި ކޮންޓްރެކްޓަށް ތައްޔާރުކުރާ ޕަރޗޭސް އޯޑަރު ދޫކުރެވޭނެއެވެ. މަސައްކަތަށް ފައިސާދޫކުރުމަށް ހަމަޖެހިފައިވަނީ، މި ކޯޓުން މަސައްކަތް ބަލައިގަތުމާއެކު، އިސްވެދެންނެވުނު ޕަރޗޭސް އޯޑަރާ ހަވާލާދީ މަސައްކަތް ހަވާލުވި ފަރާތުން އިންވޮއިސް ހުށަހެޅުމުން ޕަބްލިކް އެކައުންޓިންގ ސިސްޓަމްގެ ތެރެއިން މިނިސްޓްރީ އޮފް ފިނޭންސް އަށް ހުށަހަޅައިގެންނެއެވެ.

19 ޑިސެމްބަރ 2022

19 ޑިސެންބަރު 2022
ހޯދާ