ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކަރަންޓުގެ މައްސަލަ ޙައްލު ކުރުމަށް

މިދިޔަ ހަފުތާގައި މާލެއަށް ކުރި ވިއްސާރައާ ގުޅިގެން ދިމާވި މައްސަލައެއްގައި، މިއެސޯސިއޭޝަންގެ ބެލުމުގެ ދަށުގައިވާ 2 ޓާރފްދަނޑުގައި ހިމެނޭ ގުދަންތަކާއި، ފާޚާނާތަކާއި، މިއެސޯސިއޭޝަންގެ ލޭބަރުން ތިބޭ ކޮޓަރިން ވަނީ ކަރަންޓް ކަނޑައިގެން ގޮސްފައެވެ. އެކަން ހިނގާފައިވާގޮތް ބެލުމަށް ސްޓެލްކޯއިން ފޮނުވި ޓީމު ބެއްލެވުމަށްފަހު، އެކަމަކީ ތަނުގެ އިންޓަރނަލް ކަރަންޓަށް ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން ދިމާވެގެން އުޅޭ ކަމެއް ކަމަށްވާތީ، އެކަން އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން ޙައްލު ކުރުމަށް ވަނީ ވިދާޅުވެފައެވެ.

ވީމާ، މިއެސޯސިއޭޝަންގެ ބެލުމުގެ ދަށުގައިވާ 2 ޓާރފްދަނޑުގައި ހިމެނޭ ގުދަންތަކާއި، ފާޚާނާތަކާއި، މިއެސޯސިއޭޝަންގެ ލޭބަރުން ތިބޭ ކޮޓަރިއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށްޓަކައި، އެމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 02 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:00 އަށް މިއެސޯސިއޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 04 ޑިސެމްބަރ 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިއެސޯސިއޭޝަނަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

25 ނޮވެންބަރު 2014
ހޯދާ