މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މާރކެޓިންގ މަސައްކަތްތައް ކޮށްދެއްވާނެ ފަރާތެއް ހޯދުމާބެހޭ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ މާރކެޓިންގ މަސައްކަތްތައް ކޮށްދެއްވާނެ ފަރާތެއް ހޯދުމާބެހޭ

މިކޯޕަރޭޝަންގެ އިޢުލާން ނަންބަރު MHCL/13/2014/89 ގެ ދަށުން މި ކޯޕަރޭޝަންގެ މާރކެޓިންގ މަސައްކަތްތައް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން ބިޑު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ އެ އިޢުލާން ބާޠިލުކުރުމަށްފަހު، މި ކޯޕަރޭޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ކޯޕަރޭޝަންގެ މާރކެޓިންގ މަސައްކަތްތައް 01 އަހަރުދުވަހުގެ މުއްދަތަށް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 01 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 14:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 ޑިސެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ފަރާތްތަކަށެވެ.  

03 ޞަފަރު 1436

ނޯޓް: ޙައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތް ހުންނަނީ ޓެކްސް އެޕީލް ޓްރައިބިއުނަލް އޮފީހާ އިންވެގެންނެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3011000 އަށެވެ.

25 ނޮވެންބަރު 2014
ހޯދާ