ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ - ފެކަލްޓީ އޮފް ހެލްތް ސައިންސަސް

މަޤާމް :ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ހެލްތް ސައިންސަސް (ކ. މާލެ)

ގްރޭޑް:

05

ސްޕައިން ޕޮއިންޓް:

24

މުސާރަ:

މަހަކު 7,151.26 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,064.83 ރުފިޔާ

ވަޒީފާގެ ބާވަތް:

ދާއިމީ

އިނާޔަޔްތައް:

- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

- ސްޓާފް ހެލްތު އިންޝުއަރެންސް (3 މަހުގެ ޕްރޮބޭޝަން ފުރިހަމަ ކުރުމަށްފަހު).

މަގާމުގެ ޝަރުތު:

  1. މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިޔޫ.އެފް ލެވެލް 7/8 ގެ ސެޓްފިކެޓެއް ލިބިފައިވުން،ނުވަތަ،
  1. މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިޔޫ.އެފް ލެވެލް 5 ގެ ސެޓްފިކެޓަކަށްފަހު، މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ،
  2. އެމް.އެން.ކިޔޫ.އެފް ލެވެލް 4 ގެ ސެޓްފިކެޓަށްފަހު، މަސައްކަތާ ގުޅޭ ދާއިރާއިން 5 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ހަވާލުކުރެވިފައިވާ މަސައްކަތްތަކާއި ގުޅިގެން އޮފީހުން ފޮނުވަންޖެހޭ ސިޓީތަކާއި، ލިޔުންތަކާއި މެމޯ ލިޔެ ފޮނުވުން.
  • ފެކަލްޓީ އިން ކެމްޕަސްތަކަަށް ދަތުރުކުރާ ލެކުޗަރާއިން އަދި ޕާރޓްޓައިމް ލެކްޗަރަރއިންނާއި ފެކަލްޓީއިން ކުރަންޖެހޭ އެންމެހާ ދަތުރުތަކުގެ ޓިކެޓް ބުކްކޮށް ދަތުރުގެ އެންމެހައި އިންތިޒާމް ހަމަޖެއްސުން. މީގެ ތެރޭގައި ފެކަލްޓީއިން އެހެންކަންކަމުގައި ރާއްޖެއާއި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގެ އިންތިޒާމްތައް ހިމެނޭނެއެވެ.
  • ޑިޕާރޓްމަންޓްތަކުން ދަތުރުފޯރމް ހުށައެޅުމުން ޔުނިވާރސިޓީގެ އިދާރީ މަރުކަޒަށް ފޮނުވުމަށް ކުރަންޖެހޭ އެންމެހާ ކަންކަންކުރުން އަދި ދަތުރުތަކާއި ގުޅިގެން މުވައްޒަފުންނާއި ދަރިވަރުންނަށް ފައިސާ ލިބޭނެ އިންތިޒާމް ހަމަޖެއްސުން.
  • ހަވާލުކުރެވޭ އެކަޑަމިކް ޑިޕާރޓްމަންޓްތަކުގެ ކަންކަން ބެލެހެއްޓުން.
  • ސެންޓަރުން ފޮނުވަންޖެހޭ ހިދުމަތާއި ތަކެއްޗައް އެދޭ ފޯރމްތައް ފޮނުވާ އޭގެ ފޮލޯއަޕް ހެދުން އަދި އެކްސަލް ޝީޓްގައި ލިޔެ އަޕްޑޭޓް ކުރުން.
  • ސޮޓްކުން މަދުވާތަކެތި ބަލައި ދުރާލައި ތަކެއްޗައް ރިކުއެސްޓްކޮށް ހޯދުމާއި، ސްޓޮކް ބެލެހެއްޓުމާއި ސްޓޮކު ސިސްޓަމް ޤަވާއިދުން އަޕްޑޭޓް ކުރުން.
  • އެކަޑަމިކް އަދި އިދާރީ މުވައްޒަފުންގެ ޑިއުޓީ އެޗް.އާރު ސިސްޓަމަށް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް އަޅުމާއި ބެލެހެއްޓުމާއި އެކަމާއި ގުޅުންހުރި އެންމެހާ ކަންކަން ކުރުން.
  • ފެކަލްޓީގެ އަހަރީ ރިޕޯރޓަށް ބޭނުންވާ އެންމެހާ މައުލޫމާތު އެއްކޮށް އަހަރީ ރިޕޯރޓްލިޔަންޖެހޭ ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން ލިޔެ ޔުނިވާރސިޓީގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވަންޖެހޭ ތާރީޚަށް ފޮނުވުމާއި ފައިލްކޮށް ބެލެހެއްޓުން.
  • ފެކަލްޓީއިން ބާއްވާ ޖަލްސާ، ސެމިނާރ، ވޯކުޝޮޕް އޮރިއެންޓޭޝަންގެ އިދާރީ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.
  • ފެކަލްޓީ އިން ބައިވެރިވާ އެކި އެކި އިވެންޓްތަކުގައި އިދާރީ ގޮތުން އެހީތެރިކަންދީ އެކަމެއްގައި އަމަލީގޮތުން ބައިވެރިވުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2022 ޑިސެމްބަރު 25 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR-2022-325

 

 

 

 

 

 

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ●        ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ●        ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

** އެޓޭޗް ކުރައްވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި ޕީ.ޑީ.އެފް" ކޮށްފައެވެ.

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

 

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
    • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345144 ނަމްބަރު ފޯނަށެވެ.
19 ޑިސެންބަރު 2022
ހޯދާ