ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު ހުޅުވާލުން

ފަޤީރުންނާއި މިސްކީނުންގެދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށްފޯމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް 19 ޑިސެމްބަރ 2022 އިން ފެށިގެން ނޭކުރެންދޫ ކައުންސިލް އިދާރާގެ ރިސެޕްޝަނުން ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރު 12:00 އަށް ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 22 ޑިސެމްބަރ 2022އިން 19 ޖެނުއަރީ 2023 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން 12:00 އަށެވެ.

  • މިފުރުސަތުގައި ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި މިހާރު ރަޖިސްޓްރީވެފައިވާ އާއިލާތަކުގެ ތެރެއިން 19 ޖަނަވަރީ 2023 އަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހެއް ނުވަތަ މީހަކު ހިމެނޭ އާއިލާތައް ފިޔަވައި އެހެން އާއިލާތަކުން އަލުން ރަޖިސްޓްރީވާން ފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ.
  • ނަމަވެސް، މިހާރު ރަޖިސްޓްރީވެފައިވާ އާއިލާތަކުގެ ތެރެއިން 19 ޖަނަވަރީ 2023 އަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހަކު ހިމެނޭ އާއިލާތަކުން ދަފްތަރުގައި ރަޖިސްޓްރީވުމަށް އަލުން ފޯމު ހުށަހަޅަންޖެހޭނެއެވެ.

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

19 ޑިސެންބަރު 2022
ހޯދާ