ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމާއި ގުޅޭ

އިޢުލާން

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމާއި ގުޅޭ

 

1444 ވަނަ އަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަތޮޅު ތެރެއިން އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު 22 ޑިސެމްބަރ 2022 އިން 19 ޖަނަވަރީ 2023 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

  1. ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި މިވަގުތު ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން މި ފުރުސަތުގައި އަލުން ފޯމް ހުށަހަޅަން ނުޖެހޭނެއެވެ.
  2. 20 ޖޫން 2022 ގެ ފަހުން އެކި ސަބަބުތަކާހެދި ދަފްތަރުން އުނިކުރެވިފައިވާ ފަރާތްތަކަށް ދަފްތަރުން އުނިކުރެވިފައިވާކަން އެންގިފައިވާނެއެވެ.
  3. ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ޢާއިލާގައި 19 ޖަނަވަރީ 2023 އަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހެއް / މީހުން ހިމެނޭނަމަ އެ ޢާއިލާއަކުން އަލުން ފޯމް ހުށަހަޅަންޖެހޭނެއެވެ.

ވިމާ، މިއަދުން ފެށިގެން މިއިދާރާގެ ކައުންޓަރުން ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްއެދޭ ފޯމް ލިބެން ހުންނާނެއެވެ. އަދި 22 ޑިސެމްބަރ 2022 އިން 19 ޖަނަވަރީ 2022 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް މިއިދާރާގެ ކައުންޓަރުން ފޯމްތައް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައި ހުންނާނެ ކަމުގައި ދަންނަވަމެވެ.

                        ވީމާ،މިކަން ޢާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.

19 ޑިސެންބަރު 2022
ހޯދާ