ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ބޭނުންކޮށްފައިހުރި މުދާތަކެއް ނީލަމުގައި ވިއްކާލުން

ބޭނުންކޮށްފައިހުރި މުދާތަކެއް ނީލަމުގައި ވިއްކާލުން

މި އޮތޯރިޓީގައި ބޭނުންކޮށްފައިހުރި ބައެއް ތަކެތި (ކޮމްޕިއުޓަރާއި ފަރުނީޗަރު ފަދަ ތަކެތި) 24 ޑިސެންބަރު 2022 ވާ ހޮނިހިރުދުވަހު ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.

 

ނީލަން އޮންނަ ތަން:                     ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ

                                 މއ. އުތުރުވެހި 5 ވަނަ ފަންގިފިލާ

                                 ކެނެރީ މަގު / މާލެ

 

މުދާ ބެލޭނެ އިންތިޒާމް                   ނީލަމުގައި ވިއްކާ މުދާ ބެލޭނެ އިންތިޒާމް 24 ޑިސެންބަރު 2022 ވާ ހޮނިހިރު ދުވަހުގެ މެންދުރު 09:45 ގައި އޮންނާނެއެވެ.

 

ނީލަން ގަޑި:                          ހެނދުނު 10:00 (24 ޑިސެންބަރު 2022 ވާ ހޮނިހިރު ދުވަހު)

 

ފައިސާ ދެއްކުން:                      ނީލަން ކާމިޔާބުކުރާ ފަރާތްތަކުން އެމުދަލެއްގެ ނީލަން ނިމޭ އަގު، ނީލަން ނިމުމުން އެގަޑީގައި ދައްކަންވާނެއެވެ.

 

މުދާ ގެންދިއުން:                       ނީލަމުން ނަގާ މުދާ، ޖެހިގެން އަންނަ މަސައްކަތު ދުވަހުގެ 15:00 ގެ ކުރިން އޮތޯރިޓީން ގެންދަންވާނެއެވެ. މިގޮތަށް ނުގެންގޮސް ހުންނަ މުދާ އިތުރު އެންގުމަކާނުލާ ނައްތާލެވޭނެއެވެ.

 

އިތުރުމަޢުލޫމާތު:                      ނީލަން ލިސްޓްގައި ނަން ނޯޓުނުކުރާ ފަރާތްތަކަށް، ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

 

މި ނީލަމާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، އޮތޯރިޓީގެ ނަންބަރު 3336619 ފޯނަށް ގުޅުއްވުން އެދެމެވެ. 

 

15 ޑިސެންބަރު 2022
ހޯދާ