ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ްފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު 22 ޑިސެންބަރު 2022 ން 19 ޖަނަވަރީ 2023 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ނިޔަލަށް ހުޅުވާލަމެވެ.

  1. ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި މި ވަގުތު ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން މިފުރުޞަތުގައި އަލުން ފޯމް ހުށަހަޅަން ނުޖެހޭނެއެވެ.
  2.  20 ޖޫން 2022 ގެ ފަހުން އެކި ސަބަބުތަކާ ހެދި ދަފްތަރުން އުނިކުރެވިފައިވާ ފަރާތްތަކަށް ދަފްތަރުން އުނިކުރެވިފައިވާކަން އެންގިފައިވާނެއެވެ.
  3. ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ޢާއިލާގައި 19 ޖަނަވަރީ 2023 އަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހެއް / މީހުން ހިމެނޭނަމަ އެ ޢާއިލާއަކުން އަލުން ފޯމް ހުށަހަޅަންޖެހޭނެއެވެ.

                    މިމުއްދަތުގެ ތެރޭގައި ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން މެންދުރުފަހު 13:00 އަށެވެ. ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ، "ފަޤީރުންނާއި މިސްކީނުން ގޮތުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" 19 ޑިސެންބަރ 2022 އިން ފެށިގެން މި އިދާރާގެ ކައުންޓަރުންނާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

25  ޖުމާދިލްޢޫލާ  1444

19 ޑިސެމްބަރ   2022

19 ޑިސެންބަރު 2022
ހޯދާ