މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
2 ލިފްޓަށް ސްޕެއަރ ލައްވައި މަރާމާތުކޮށް ސާރވިސް ކުރުމަށް

އެދުރުވެހި 2 ލިފްޓު މަރާމާތުކުރުމަށް ބޭނުންވެއްޖެ

ވިލިނގިލީގައި ހުރި އެދުރުވެހި އިމާރާތުގެ 2 ލިފްޓަށް ލައްވަންޖެހޭ ސްޕެއަރ ލައްވައި މަރާމާތުކޮށް ސާރވިސް ކުރުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަތަކެތީގައި ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 30 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން، އެދުރުހިޔާ 1 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު "މަސައްކަތްކުރުމަށް އެދި ހުށަހަޅުއްވާ ފަރާތުގެ މަޢުލޫމާތު ފޯމު" އާއެކު 04 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން، އެދުރުހިޔާ 1 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ 3341192 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

04 ޞަފަރު 1436     

26 ނޮވެންބަރު 2014
ހޯދާ