މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވާލުން

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި މިރަށުން ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން 22 ޑިސެމްބަރ 2022 އިން 19 ޖަނަވަރީ 2023 ގެ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 12:00 އަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

                       2022 ވަނަ އަހަރު މުދަލު ޒަކާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ޙާލަތު ބަދަލުވުމުގެ ސަބަބުން ދަފުތަރުން އުނިވެފައިވާކަން އަންގާފައިނުވާ ފަރާތްތަކަކީ މިވަގުތު ފަޤީރުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތައް ކަމުގައިވާތީ ، އެފަރާތްތަކުން ދަފުތަރުގައި އަލަށް ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅަން ނުޖެހޭނެއެވެ ވާހަކަ ދަންނަވަމެވެ. ނަމަވެސް ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ޢާއިލާގައި 19 ޖަނަވަރީ 2023 އަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހެއް / މީހުން ހިމެނޭނަމަ އެޢާއިލާއަކުން އަލުން ފޯމް ހުށަހަޅަން ޖެހޭނެއެވެ.

                   މިކަމަށް އެދި ހުށަހަޅާފޯމް މިއިދާރާއިންނާއި ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ވެބްސައިޓު، www.islamicaffairs.gov.mv އިން ލިބެން ހުންނާއެވެ. އަދި ފޯމްދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމު މަތީގައިވާ ތާރީޚުތަކުގައި މިއިދާރާގައި ހަމަޖެހިފައިވާނެ ވާހަކަ ދެންނެވީމެވެ.

                              މިހެންވެމިކަން އާޢްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ޑިސެންބަރު 2022
ހޯދާ