ވ. އަތޮޅު މަދަރުސާ، ވ. ފުލިދޫ
ދިވެހިރާއްޖެ
2023 ވަނައަހަރު ސްކޫލް ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް

2023 ވަނަ އަހަރު މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއްހޯދުމާގުޅޭ      

       މި މަދަރުސާގެ ނަންބަރު : (IUL)GS12/2022/18  (8ޑިސެންބަރު2022 ) ގެ އިޢުލާން އާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ދިނުމުގެ ސެޝަނަށް ޙާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލް ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.                                                                       

 1. 1 ޖަނަވަރީ 2023 އިން 31 ޑިސެންބަރު 2023 އަށް މީލާދީ 1 ( އެކެއް)  އަހަރު ދުވަހުގެ މުއްދަތައް ވ.އަތޮޅު މަދަރުސާގެ ސެކިއުރިޓީ ކޮންޓެކްޓް އުޞޫލުން ބަލަހައްޓަން ޝައުޤުވެރިވާ  ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

    މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ( ޤާނޫންނަމަބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫން ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވި ފައިވާ ފަރާތްތަކަށެވެ.

2. މި ބީލަމުގައި ބައިވެރިވާން އެދޭފަރާތްތަކުން، 2022 ޑިސެންބަރު 18 އިން 21 އަށް ބަންދުނޫން ކޮންމެދުވަހަކު 8:00 އިން 14:00 އަށް ވ.އަތޮޅު މަދަރުސާއަށް ގުޅުއްވައިގެން، ނުވަތަ  އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރައްވާ ރަޖިސްޓްރީ  ކުރެއްވުން އެދެމެވެ.ބީލަން ހުށަހެޅޭނީ ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3. މި ބީލަމާބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ޑިސެންބަރު 21 ވަނަ ދުވަހުގެ 10:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.

4. މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނާނީ 2022 ޑިސެންބަރު 22 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި މަދަރުސާގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑު އަދި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ވެރިިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ،ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ.

5. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2022 ޑިސެންބަރު 26 ވާ ހޯމަ ދުވަހުގެ 13:00 ގައި މި މަދަރުސާގެ އޭވީ ރޫމް ގައެވެ.

 

ވ.އަތޮޅު މަދަރުސާ

ފޯނު ނަމްބަރު : 6700025

މޯބައިލް: 7483852 

އީ-މެ އިލް: [email protected]

                              18 ޑިސެންބަރު  2022    

18 ޑިސެންބަރު 2022
ހޯދާ