މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
Stipendium Hungaricum Scholarship 2023

 Stipendium Hungaricum Scholarship 2023

ހަންގޭރީ

 

ޤައުމު:

 

8 ބެޗްލަރސް ޑިގްރީ ފުރުޞަތު

14 މާސްޓަރސް ޑިގްރީ ފުރުޞަތު

3 ޑޮކްޓޯރަލް ޑިގްރީ ފުރުޞަތު (ޕީ.އެޗް.ޑީ ނުވަތަ ޑީ.އެލް.އޭ)

ކޯހުގެ ލެވެލް އަދި ޢަދަދު:

 

ދިވެހިރާއްޖެއަށް ދެއްވާފައިވާ ކޯހުގެ ދާއިރާ ތަކުގެ މަޢުލޫމާތު  https://stipendiumhungaricum.hu/apply/އިން ލިބެން ހުންނާނެއެވެ.

ކޯހުގެ ދާއިރާ:

 

ބެޗްލަރސް ޑިގްރީ

1.ޖީ.ސީ.އީ އޯލެވެލް ނުވަތަ އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެސް.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން

2.ޖީ.ސީ.އީ އޭ ލެވެލް 03 މާއްދާއިން "އީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން

3.ނަންބަރު 1 ގައި ބުނާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލުކޮށްފައިވުން. އިނގިރޭސި ފާހެއްކަމުގައި ބަލާނީ ތިރީގައިވާ ފާސްތަކުގެ ތެރެއިން ފާހަކަށެވެ. 

ހ.CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް

ށ.IELTS އިން އޯވަރރޯލް ސްކޯރ 6.5 އިން ފެށިގެން މަތި

ނ.TOEFL 550 އިން ފެށިގެން މަތި.

   ރ.ޖީ.ސީ.އީ އޯލެވެލް ނުވަތަ އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެ

4.އެދޭ ކޯހާއި ގުޅޭގޮތުން ސްޓައިޕެންޑިއަމް ހަންގޭރިކަމްގެ ވެބްސައިޓު https://stipendiumhungaricum.hu/apply/ ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވުން.

5.މީގެ އިތުރުން ޔުނިވަރސިޓީގެ ބެޗެލަރސް ޑިގްރީގެ ކޯސްތަކުގެ އެންޓްރީ ރިކްއަރމެންޓް މި މިނިސްޓްރީން ދީފައިވާ ރިކްއަރމެންޓާއި ތަފާތުނަމަ މި މިނިސްޓްރީން ބަލާނީ ޔުނިވަރސީޓީގެ އެންޓްރީ ރިކްއަރމަންޓަށެވެ. އަދި މި މިނިސްޓްރީން ދީފައިވާ އެންޓްރީ ރިކްއަރމެންޓާއި ޔުނިވަރސިޓީގެ އެންޓްރީ ރިކުއަރމެންޓް ތަފާތުނަމަ އެ ޔުނިވަރސިޓީއެއްގެ އެންޓްރީ ރިކުއަރމެންޓް ހުށަހަޅަން ވާނެއެވެ.

މާސްޓަރސް ޑިގްރީ

1.ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން.

2.އެދޭ ކޯހާއި ގުޅޭގޮތުން ސްޓައިޕެންޑިއަމް ހަންގޭރިކަމްގެ ވެބްސައިޓު https://stipendiumhungaricum.hu/apply/ ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވުން.

3.މީގެ އިތުރުން ޔުނިވަރސިޓީގެ މާސްޓަރސް ޑިގްރީގެ ކޯސްތަކުގެ އެންޓްރީ ރިކްއަރމެންޓް މި މިނިސްޓްރީން ދީފައިވާ ރިކްއަރމެންޓާއި ތަފާތުނަމަ މި މިނިސްޓްރީން ބަލާނީ ޔުނިވަރސީޓީގެ އެންޓްރީ ރިކްއަރމަންޓަށެވެ. އަދި މި މިނިސްޓްރީން ދީފައިވާ އެންޓްރީ ރިކްއަރމެންޓާއި ޔުނިވަރސިޓީގެ އެންޓްރީ ރިކުއަރމެންޓް ތަފާތުނަމަ އެ ޔުނިވަރސިޓީއެއްގެ އެންޓްރީ ރިކުއަރމެންޓް ހުށަހަޅަން ވާނެއެވެ.

ޕީ.އެޗް.ޑީ/ ޑީ.އެލް.އޭ

1..ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުން.

2.އެދޭ ކޯހާއި ގުޅޭގޮތުން ސްޓައިޕެންޑިއަމް ހަންގޭރިކަމްގެ ވެބްސައިޓު https://stipendiumhungaricum.hu/apply/  ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވުން.

3.މީގެ އިތުރުން ޔުނިވަރސިޓީގެ ޕީއެޗްޑީ/ޑީ.އެލް.އޭ ލެވަލްގެ ކޯސްތަކުގެ އެންޓްރީ ރިކްއަރމެންޓް މި މިނިސްޓްރީން ދީފައިވާ ރިކްއަރމެންޓާއި ތަފާތުނަމަ މި މިނިސްޓްރީން ބަލާނީ ޔުނިވަރސީޓީގެ އެންޓްރީ ރިކްއަރމަންޓަށެވެ. އަދި މި މިނިސްޓްރީން ދީފައިވާ އެންޓްރީ ރިކްއަރމެންޓާއި ޔުނިވަރސިޓީގެ އެންޓްރީ ރިކުއަރމެންޓް ތަފާތުނަމަ އެ ޔުނިވަރސިޓީއެއްގެ އެންޓްރީ ރިކުއަރމެންޓް ހުށަހަޅަން ވާނެއެވެ.

އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން

2. އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން.

ކޯހުގެ ޝަރުތު:

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅަން ޖެހޭ ތަކެތި.

1.ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

2.ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް)

3.މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4.މުއްދަތު ހަމަނުވާ ޕާސްޕޯޓް ޑޭޓާ ޕޭޖްގެ ކޮޕީ

5.ރެކޮމެންޑޭޝަން ލެޓާރ (ސްޓައިޕެންޑިއަމް ހަންގޭރިކަމް ގެ ވެބްސައިޓުގައި ނުވަތަ އިޢުލާނާއެކު އެޓޭޗު ކުރެވިފައިވާ މަޢުލޫމާތު ޝީޓާއި އެއްގޮތައް)

6.ފުރިހަމަކޮށްފައިވާ އޮންލައިން އެޕްލިކޭޝަން ފޯމު (ސްޓައިޕެންޑިއަމް ހަންގޭރިކަމް ގެ ވެބްސައިޓުގައި ނުވަތަ އިޢުލާނާއެކު އެޓޭޗު ކުރެވިފައިވާ މަޢުލޫމާތު ޝީޓާއި އެއްގޮތައް)

7.މެޑިކަލް ސެޓްފިކެޓް (ނޮމިނޭޓްވުމުން ހުށަހެޅުމަށް)

8.މީގެ އިތުރުން ކޯސްތަކާއި ގުޅޭގޮތުން ސްޓައިޕެންޑިއަމް ހަންގޭރިކަމް ގެ ވެބްސައިޓުގައި ހުޅަހަޅަން އަންގާފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ.

9.ސްޓައިޕެންޑިއަމް ހަންގޭރިކަމް ގެ ވެބްސައިޓު  https://stipendiumhungaricum.hu/apply/ގައި ކޯހާއި ގުޅޭގޮތުން އިތުރު  ޝަރުތެއްވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށްދިނުމަށްޓަކައި، އެއާގުޅޭ ލިޔުން.   

10.ކޯހަށް އެދޭ ޔުނިވަރސިޓީގެ ވެބްސައިޓުގައި ކޯހާއި ގުޅޭގޮތުން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށްދިނުމަށްޓަކައި، އެއާގުޅޭ ލިޔުން.

11.ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން

 

12.ކުރިން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވާއިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ނުވަތަ އެހެން ފަރާތެއް ހަވާލުވާނަމަ، ހަވާލުވާ ފަރާތުގެ ލިޔުން.

13. މިހާރު ހާސިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރެއްވިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް.

ހުށަހަޅަންޖެހޭ ތަކެތި:

- މި އިޢުލާނާއި ގުޅިގެން ކޯހަށް ހުށަހަޅާ ކޮންމެ ކެންޑިޑޭޓަކުވެސް ހުށަހަޅާނީ ފުލްޓައިމް އެންމެ ކޯހަކަށެވެ.

- މި ސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަން ހެދުމަށްޓަކާ މި މިނިސްޓްރީއިން ކެނޑިޑޭޓުން ނޮމިނޭޓްކުރުމަށް ހަމަޖެހިފައިވެއެވެ.  ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް ދެއްވާ ފަރާތުންނެވެ.

- މި ސްކޮލަރޝިޕްގެ ދަށުން ދެކޮޅު ޓިކެޓް ފިޔަވައި އެހެނިހެން ހުރިހާ ޚަރަދެއް ސްކޮލަރޝިޕް ދޭ ފަރާތުން ހަމަޖައްސައި ދޭނެއެވެ. އަދި ދެކޮޅު ޓިކެޓާއި ވިސާގެ ޚަރަދު ހަމަޖައްސައިދޭނީ މި މިނިސްޓްރީގެ ފަރާތުންނެވެ.  

- މި ސްކޮލަރޝިޕަށް ސްޓައިޕެންޑިއަމް ހަންގޭރިކަމްގެ ވެބްސައިޓު މެދުވެރިކޮށް 16 ޖަނަވަރީ 2023 ވާ ހޯމަ ދުވަހުގެ 14:00 (ސެންޓްރަލް ޔޫރަޕިއަން ޓައިމް) ގެ ކުރިން އޮންލައިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ. މިގޮތުން އޮންލައިން އެޕްލިކޭޝަން ފުރިހަމަވާނީ ސޭވްކުރުމަށްފަހު ސަބްމިޓް ކުރުމުންނެވެ.

އަދި މި މިނިސްޓްރީގެ "މައިއެޑިޔު" ޕޯޓަލް މެދުވެރިކޮށްވެސް 16 ޖަނަވަރީ 2023 ވާ ހޯމަ ދުވަހުގެ 14:00 (ސެންޓްރަލް ޔޫރަޕިއަން ޓައިމް) ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ. މިމިނިސްޓްރީގެ ނޮމިނޭޝަން ހަދާނީ މި އެޕްލިކޭޝަންތަކަށް ބަލައިގެންނެވެ.

 

* ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުސަތު ދޫކޮށްލަންޖެހޭނެއެވެ.

* މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު ސްޓައިޕެންޑިއަމް ހަންގޭރިކަމްގެ ވެބްސައިޓުންނާއި މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ މަޢުލޫމާތު ޝީޓް އަދި އެނެކްސް 1 އިން ލިބޭނެއެވެ.

އިތުރު      މަޢުލޫމާތު:

ސުންގަޑި: 16 ޖަނަވަރީ 2023 ވާ ހޯމަ ދުވަހުގެ 14:00 (ސެންޓްރަލް ޔޫރަޕިއަން ޓައިމް) ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅުއްވާނީ: ސްޓައިޕެންޑިއަމް ހަންގޭރިކަމް ގެ ވެބްސައިޓު  https://stipendiumhungaricum.hu/apply/ މެދުވެރިކޮށާއި "މައިއެޑިޔު" ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި 3026936 / 3026966 ނަންބަރު ފޯނުން ލިބޭނެއެވެ.  އަދި އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ.

15 ޑިސެންބަރު 2022
ހޯދާ