މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީއެއް އެކުލަވައިލުމާއި، މެންބަރުން އިންތިޙާބުކުރުމުގެ އުސޫލު

 

މި އުސޫލަކީ، ޤާނޫނު ނަންބަރ 1/2002 ދިވެހި ރާއްޖޭގެ ބިމާބެހޭ ގާނޫނު، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދު އަދި ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤަވާއިދުގެ ދަށުން، 2022 ޑިސެންބަރު 08 ގައި ފާސްކޮށްފައިވާ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫގެ ލޭންޑް ޔޫސް ޕްލޭންގައިވާ ކައުންސިލްގެ އިހްތިޞާސްގައި ހިމެނޭ ބިމުގެ ސަރަހައްދުން ދިރިއުޅުމަށްޓަކައި 2000 އަކަފޫޓްގެ 58 ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކޮށް ބަލަހައްޓާނެ ވަގުތީ ކޮމެޓީއެއް އެކުލަވައިލުމާއި، މެންބަރުން އިންތިޙާބުކުރުމުގެ އުސޫލެވެ. 

(ހ)

1.

ތައާރަފް

މި އުސޫލަށް ކިޔާނީ "ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީއެއް އެކުލަވާލުމާއި، މެންބަރުން އިންތިޙާބުކުރުމުގެ އުސޫލު" އެވެ.

(ށ)

 

 

މި އުސޫލުގެ މަޤްޞަދަކީ، ދަރަވަންދޫ ކައުންސިލްގެ އިހްތިޞާސްގެ ތެރޭގައި ހިމެނޭ ބިމުން  ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުމުގައި ދެފުށް ފެންނަ، އިންސާފުވެރިކަމާއެކު، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމާއެކު، އިތުބާރުހިފޭ، ނަޒާހަތްތެރި ކޮމެޓީއެއް އެކުލަވާލުމެވެ.

2.

މަޤްޞަދު

ކޮމެޓީގެ އުމުރަކީ، ކައުންސިލުން ކޮމެޓީ އުފައްދާ ގަރާރު ފާސްކުރެވޭ ތާރީޚުން ފެށިގެން، ކޮމެޓީއާއި މަތިކުރެވޭ މަސައްކަތް ނިންމާ ކައުންސިލްއާއި ޙަވާލުކުރެވޭ ތާރީޚާއި ހަމައަށެވެ.

3.

ކޮމެޓީގެ އުމުރު

ކޮމެޓީގެ ރަސްމީ މަސައްކަތް ކުރާ އިދާރާއަކީ، ކައުންސިލްގެ އިދާރާ ނުވަތަ ކައުންސިލް އިން ނިންމާ ތަނެކެވެ.

4.

ކޮމެޓީގެ އިދާރާ

ކޮމެޓިގައި ހިމެނޭނީ ޖުމްލަ 11 މެންބަރުންނެވެ.

(ހ)

5.

ކޮމެޓީ އެކުލެވިގެންވާގޮތް

ކޮމެޓީ އަށް މެންބަރުން އައްޔަންކުރާނީ ތިރީގައިވާ ދާއިރާތަކުންނެވެ.

(ށ)

ކައުންސިލް 3 (ތިނެއް) މެންބަރުން (ކައުންސިލްގެ ރައީސް،  ކައުންސިލްގެ ނައިބު ރައީސް  އަދި 01 މެންބަރު)

(1)

ބ. ދަރަވަންދޫގެ އާންމު ރައްޔިތުން ތަމްސީލް ކުރާ 03 (ތިނެއް) މެންބަރުން

(2)

މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ 01 (އެކެއް) މެންބަރުން

(3)

ކައުންސިލުން ކަނޑައަޅައި ކައުންސިލްގެ އިދާރާގެ 02 (ދޭއް) މުވައްޒަފުން.

(4)

ބ. ދަރަވަންދޫ ޞިއްޙީ މަރުކަޒު ތަމްޞީލްކުރާ ސިވިލް ސާރވިސްގެ 01 (އެކެއް) މުވައްޒަފު

(5)

ބ. އަތޮޅު މަދަރުސާ ތަމްޞީލްކުރާ  ސިވިލް ސާރވިސްގެ 01 (އެކެއް) މުވައްޒަފު

(6)

ދިވެހި ރައްޔިތެއްކަމުގައިވުން

(ހ)

6.

ކޮމެޓީ މެންބަރުންގެ ޝަރުތު

ދަރަވަންދޫގެ ރަށްވެއްސަކަށްވުން ނުވަތަ ދަރަވަންދޫގެ ރަށްވެއްސަކާއި ކައިވެނީގެ ގޮތުން ގުޅިގެން އުޅުން

(ށ)

މި މަސައްކަތުގައި ގިނަ ވަގުތު އުޅެވޭނެ މީހަކުކަމުގައިވުން

(ނ)

އަމިއްލަ ނަމުގައި ނުވަތަ އެ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ގޯއްޗެއް ނުވަތަ ފްލެޓެއް ރެޖިސްޓްރީކޮށްފައި އޮތުން

(ރ)

އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ ފަރާތްތަކަކީ ދަރަވަންދޫ ކައުންސިލާއި، ބ. އަތޮޅު މަދަރުސާ އަދި ބ. ދަރަވަންދޫ ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފަކު ކަމުގައި ނުވުން.

(ބ)

އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ ފަރާތްތަކަކީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރަކުކަމުގައި ނުވުން

(ޅ)

މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރު އައްޔަންކުރަން ވާނީ،   މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ޖަލްސާއަކުން ފާސްކުރެވިގެންނެވެ.

7.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރު އައްޔަންކުރުން

މެންބަރުން އިންތިހާބުކުރުމަށްޓަކައި އެކަމަށް އެދި ހުށަހެޅުމަށް އާންމުކޮށް އިޢުލާން ކުރަންވާނެއެވެ.

(ހ)

8.

އާންމު ރައްޔިތުންގެތެރެއިން މެންބަރުން އިންތިޙާބުކުރުން

3 މެންބަރުންނަށް ވުރެން ގިނައިން ހުށަހަޅައިފިނަމަ 3 މެންބަރުން އިންތިޙާބުކުރާނީ ރައްޔިތުންގެ އާންމު ބައްދަލުވުމެއް ބާއްވައި ޙާޒިރުވާ ފަރާތްތަކުގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.

(ށ)

ވިލަރެސްކުރާ ކޮމެޓީގެ ބައްދަލުވުންތަކަށް މެންބަރުންނަށް ކިޔަންވާނީ ލިޔުމުން، ނުވަތަ ކޮމެޓީއިން ނިންމާ އެހެންވެސް ޒަރީއާއެއް މެދުވެރިކޮށެވެ (އިލެކްޓްރޯނިކް މީޑިއަމް).

(ހ)

 

9.

ކޮމެޓީގެ ބައްދަލުވުންތައް

ކޮމެޓީއިން ނިންމާ ނިންމުންތައް ނިންމަންވާނީ، ކޮމެޓީގެ އާންމު ބައްދަލުވުމެއްގައި، ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްގެންނެވެ.

(ށ)

ބައްދަލުވުންތައް ބާއްވަންވާނީ، އާންމުން ބޭނުންވެއްޖެނަމަ، ބައްދަލުވުންތައް އަޑު އަހަން ވަދެވޭ ގޮތަށެވެ.

(ނ)

ބައްދަލުވުމުގެ ކޯރަމްއަކީ މަދުވެގެން 6 މެންބަރުންނެވެ.

(ރ)

ބައްދަލުވުންތަކުގެ ޔައުމިއްޔާލިޔެ ބަލަހައްޓާ، ފާސްކުރަންވާނެއެވެ. ބައްދަލުވުމުގެ، އިދާރީ އެންމެހައި މަސައްކަތްކުރާނީ ކައުންސިލްގެ އިދާރާއިންނެވެ.      

(ބ)

މައިގަނޑު ގޮތެއްގައި ކޮމެޓީއިން ނިންމާ ނިންމުންތައް، ކޮމެޓީއިން އެހެން ގޮތަކަށް ނުނިންމައި ހިނދަކު، ތަންފީޒުކުރަމުން ގެންދާނީ ކައުންސިލްގެ އިދާރާއިންއެވެ.

(ހ)

10.

ކޮމެޓީގެ މަސައްކަތް ރާވައި ހިންގުން

ކޮމެޓީއިން، ނިންމާ ނިންމުންތަކުގެ އިދާރީ މަސައްކަތް ތަންފީޒުކުރުމަށްޓަކައި، ކައުންސިލް ބިއުރޯ މެދުވެރިކޮށް ކައުންސިލްއަށް ހުށައަޅަންވާނެއެވެ.

(ށ)

ކޮމެޓީގެ ރިޔާސަތު ބަލައްޓާނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލުގެ ރައީސެވެ.

(ހ)

11.

ކޮމެޓީގެ ރިޔާސަތު

އެއްވެސް ސަބަބަކާއިހުރެ، ކޮމެޓީގެ ރިޔާސަތު  ކައުންސިލުގެ ރައީސަށް ނުބެލެހެއްޓޭނަމަ، ރިޔާސަތު ބަލަހައްޓާނީ ކައުންސިލުގެ ނައިބު ރައީސެވެ.  ރައީސް އަދި ނައިބު ރައީސް ރިޔާސަތު ބެލެހެއްޓެން ނެތްހާލަތްތަކުގައި ރިޔާސަތު ބަލަހައްޓާނީ ކައުންސިލް މެންބަރެވެ.

(ށ)

ކޮމެޓީގެ މެންބަރަކު މެންބަރުކަމުން ވަކިވާން އެދި އިސްތިއުފާގެ ސިޓީ ކޮމެޓީއަށް ހުށައެޅުމުން، ސިޓީ ލިބޭ ތާރީޚުން ފެށިގެން އެ މެންބަރަކު މެންބަރު ކަމުން ވަކިވާނެއެވެ.

(ހ)

12.

މެންބަރުކަމުން ވަކި ކުރުން

މި މާއްދާގެ (ހ) ގައި އެހެން އޮތް ކަމުގައިވިއަސް މި އުސޫލުގެ 5 ވަނަ މާއްދާގެ (ށ)ގެ (1) ވަނަ ނަންބަރުގައިވާ ދާއިރާއިން ކޮމެޓީއަށް އައްޔަންކުރާ ކައުންސިލް މެންބަރުން އިސްތިސްނާވާނެއެވެ.

(ށ)

 

ކޮމެޓީގެ މެންބަރަކު ޒަރޫރީ ސަބަބަކާއި ނުލައި ވިދިވިދިގެން 3 (ތިނެއް) ބައްދަލުވުމަށް ޙާޒިރުނުވާނަމަ، ކޮމެޓީއިން ވަކި ކުރުމަށް މުގައްރިރު ކޮމެޓީއަށް ހުށައަޅަންވާނެއެވެ.

(ނ)

މި މާއްދާގެ (ނ) ގެ ދަށުން މެންބަރަކު ވަކިކުރެވޭނީ، އެ ބައްދަލުވުމެއްގައި ބައިވެރިވާ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެގެންނެވެ.  ކޮމެޓީގެ މެންބަރަކު އިސްތިއުފާދީފި ނަމަ، ނުވަތަ ވަކިކޮށްފި ނަމަ، އެ މެންބަރަކު ނިސްބަތްވާ ދާއިރާއަކުން މެންބަރަކު އިންތިޙާބު ނުވަތަ އައްޔަން ކުރަންވާނެއެވެ.

(ރ)

މި މާއްދާގެ (ނ)ގައި ބަޔާންކުރާ ޒަރޫރީ ސަބަބެއްކަމުގައި ބަލެވޭނީ؛

(ބ)

މެންބަރު ނުވަތަ މެންބަރުގެ ޒިންމާގެ ދަށުން ބަލަހައްޓަންޖެހޭ ފަރާތެއް ބަލިވުން

(1)

 

މެންބަރު ނުވަތަ މެންބަރުގެ ޒިންމާގެ ދަށުން ބަލަހައްޓަންޖެހޭ ފަރާތެއް ބަލިވުމުގެ ސަބަބުން ޞިއްޙީ ފަރުވާ ހޯދުމުގެ މަޤްޞަދުގައި ރަށުން ބޭރަށް ދާންޖެހުން.

(2)

ގޯއްޗަށް އެދި ފޯމް ހުށައަޅާފައިވާ ފަރާތެއްގެ މަސްލަހަތު ހިމެނޭ މެންބަރެއް ކޮމެޓީގައި ހިމެނޭނަމަ، އެ މަސްލަހަތު ފުށުއަރާ މައްސަލައެއް ހިންގަމުންދާ ބައްދަލުވުމުމަކުން އެ މެންބަރަކު ތަނާޒުލުވާން ވާނެއެވެ.

(ހ)

 

13.

ތަނާޒުލުވުން

މެންބަރުންގެ މަސްލަހަތު ފުށުއަރާކަމުގައި ބެލެވޭނީ އެ ބައްދަލުވުމުގެ އެޖެންޑާގައި ހިމެނޭ ކަމެއްގައި އަންނަނިވި ހާލަތްތައް މެދުވެރިވާނަމައެވެ.

(ށ)

މެންބަރުގެ އަމިއްލަ މަސްލަހަތު އެކުލެވޭ މައްސަލަތައް

(1)

މެންބަރުގެ މަންމަ، ބައްޕަގެ މަސްލަހަތު އެކުލެވޭ މައްސަލަތައް

(2)

މެންބަރުގެ އަނބިމީހާ/ފިރިމީހާ، އަދި ދަރީންގެ މަސްލަހަތު އެކުލެވޭ މައްސަލަތައް

(3) 

މެންބަރުގެ އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހެއްގެ މަސްލަހަތު އެކުލެވޭ މައްސަލަތައް

(4)

ކައުންސިލުން ދޫކުރަން ނިންމާފައިވާ 58 ގޯތި ދޫކުރުމުގައި، ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ މެދުގައި، އިންސާފުވެރިކަމާއި އެކު، އެންމެ ޒަރޫރީވެފައިވާ ފަރާތްތައް ފާހަގަކުރުމަށް އަންނަނިވި މަސައްކަތްތައް ރާވައި ހިންގުން:

(ހ)

 

14.

މެންބަރުންގެ މަސްއޫލިއްޔަތު

ގޯތި ހޯދުމަށް އެދި ފޯމު ހުށަހަޅައި ފަރާތްތައް ޝޯޓް ލިސްޓްކުރުމުގެ މަސައްކަތް ކުރުން

(1)

ގޯތި ހޯދުމަށް އެދި ފޯމު ހުށަހަޅައި ފަރާތްތަކުން ޝޯޓް ލިސްޓް ކުރެވުނު ފަރާތްތައް އާންމުކުރުން ޝަކުވާތައް ބަލައި، ޖަވާބުދިނުން.

(2)

ގޯތި ހޯދުމަށް އެދި ފޯމު ހުށަހަޅައިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވުނު ފަރާތްތަކުގެ މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތް ރާވައި ހިންގުން.

(3)

އެއްކުރެވޭ މައުލޫމާތު ޔަޤީންކޮށް ކަށަވަރު ކުރުން.

(4)

ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި އާންމުކުރުން.

(5)

މި އުސޫލުގައި ޢިބާރާތެއް ހިމަނައިފައި ވާގޮތް ނޫން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހާ ހިނދަކު، މި އުސޫލުގައި ބޭނުންކޮށްފައިވާ ޢިބާރާތްތަކާއި ބަސްބަސް، ބޭނުން ކުރާނީ،  ޤާނޫނު ނަންބަރު 1/2002 ދިވެހި ރާއްޖޭގެ ބިމާބެހޭ ޤާނޫނު، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދު އަދި ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގަވާއިދުގައި ބޭނުންކޮށްފައިވާ ގޮތުގެ މަތިން ނުވަތަ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

"ކޮމެޓީ" ކަމަށް ބުނެފައި އެވަނީ، ކައުންސިލްގެ އިހްތިޞާސްގައި ހިމެނޭ ބިމުގެ ސަރަހައްދުން ދިރިއުޅުމަށްޓަކައި 2000 އަކަ ފޫޓްގެ، 58 ގޯތި ދޫކުރުމުގެ މަސައްކަތް ހިންގާ، އެ ގޯތިތައް ދޫކުރުމުގެ މަސައްކަތް ވިލަރެސްކޮށް ބަލަހައްޓާނެ ވަގުތީ ކޮމެޓީއެވެ.

"ގޯތި" ކަމަށް ބުނެފައިއެވަނީ، 2000 އަކަފޫޓްގެ ބިމުގެ ސަރަހައްދަށެވެ.

"ކައުންސިލް" ކަމަށް ބުނެފައި އެވަނީ، މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލެވެ.

"ކައުންސިލް އިދާރާ" ކަމަށް ބުނެފައި އެވަނީ، މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާއެވެ.

15.

މާނަކުރުން

މި އުސޫލަށް ޢަމަލުކުރަންފަށާނީ، ކައުންސިލުގެ އާންމު ބައްދަލުވުމެއް ނުވަތަ ކުއްލި ބައްދަލުވުމެއްގެ އަގުލަބިއްޔަތުން ފާސްކޮށް އާންމުކުރާ ދުވަހުން ފެށިގެންނެވެ.

16.

ޢަމަލުކުރުން

 

 

ނޯޓް: މި އުޞޫލު ފާސްކުރެވިފައިވަނީ 2022 ޑިސެމްބަރ 14 ވަނަ ދުވަހު ދަރަވަންދޫ ކައުންސިލް އިދާރާގައި ބޭއްވުނު މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 81 ވަނަ  ޖަލްސާގެ އަޤްލަބިއްޔަތުންނެވެ.

15 ޑިސެންބަރު 2022
ހޯދާ