ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސްކޫލް ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މުވައްޒަފުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލުތައް އިޞްލާހުކޮށް އާންމުކުރުން

ސްކޫލް ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މުވައްޒަފުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލަށް ތިރީގައިވާ އިސްލާޙުތައް ގެނެސް، މި އުޞޫލުގެ ދެވަނަ އިސްލާޙު މި ސަރކިއުލަރއާއެކު އާންމުކުރީމެވެ.

 

"ސްކޫލް ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މުވައްޒަފުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލު 2022 (ފުރަތަމަ އިސްލާޙު)" އަށް ގެނެސްފައިވާ ބަދަލުތައް:

  1. އުޞޫލުގެ 2 ވަނަ މާއްދާގެ 2.1 ވަނަ ނަންބަރަށް (ރ) ގެ ގޮތުގައި އަކުރު އިތުރުކޮށް ތަރުތީބު ކުރެވިފައި
  2. އުޞޫލުގެ 3 ވަނަ ނަންބަރަށް (ށ) ގެ ގޮތުގައި އަކުރު އިތުރުކޮށް ތަރުތީބު ކުރެވިފައި
  3. އުޞޫލުގެ 8 ވަނަ މާއްދާގެ 8.1 ވަނަ ނަންބަރު އިސްލާޙު ކުރެވިފައި
  4. އިއުލާނުގެ ނަމޫނާގެ ޖަދުވަލު 1 ގެ "ޝޯޓް ލިސްޓުކުރުން" އަދި  "މިވަގުތު ޓީޗަރުންގެ ޖޮބްމެޓްރިކްސްގެ މަޤާމެއްގައި ހުރި މުވައްޒަފެއްގެ ވަޒީފާ ބަދަލުކުރުމުގައި ދެވޭ އިސްތިސްނާ" އަށް އިޞްލާހު ގެނެސްފައި
14 ޑިސެންބަރު 2022
ހޯދާ