މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ލޯންޑްރީ އެސިސްޓެންޓް

މި މަރުކަޒަށް ލޯންޑްރީ އެސިސްޓެންޓް ހޯދުމަށް ކުރެވުނު މި މަރުކަޒުގެ ނަންބަރު: D15-SM/2014/07(09 ނޮވެމްބަރ 2014) އިޢުލާނުގައި ބައެއް މަޢުލޫމާތުގެ ކުށް ހުރުމާ ގުޅިގެން އެ އިޢުލާން ބާޠިލުކޮށް ލޯންޑްރީ އެސިސްޓެންޓްގެ މަޤާމަށް މީހަކު ހޯދުމަށް އިޢުލާން ކުރަމެވެ.

02 ( ދޭއް )

ބޭނުންވާ ޢަދަދު

ލޯންޑްރީ އެސިސްޓެންޓް

މަޤާމު:

މަހަކު -/1000ރ

ސަރވިސްއެލަވަންސް

މަހަކު -/3100  ރުފިޔާ

މުސާރަ :

ވަޒީފާއަށް ހާޒިރުވެ މަޤާމުގެ މަސައްކަތްކުރާ ކޮންމެދުވަހަކަށް -/100 ރ

ރިސްކުއެލަވަންސް

ނ.ވެލިދޫ ޞިއްހީ މަރުކަޒް

އޮފީސް/އިދާރާ :

ދާއިމީ

މަޤާމުގެ ގިންތި

ނ.ވެލިދޫ ޞިއްޙީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

 

 އެސް އެސް 1

މަޤާމުގެ ރޭންކް:

ސަޕޯޓް ސްޓާފް ގްރޭޑް 1

ކްލެސިފިކޭޝަން

  •  ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

މަޤާމުގެ ޝަރުޠު:

  1. ޞިއްޙީމަރުކަޒުގައި ދޮވެ އިސްތިރިކުރަންޖެހޭ ބެޑްޝީޓް، ބާލީހުއުރަ، ތުވާލި،ދޮރުފޮތިފަދަ ތަކެތި ދޮވެ އިސްތިރިކޮށް ބެލެހެއްޓުން.
  2. އެނދުތައް އެޅުމާއި، ގޯޒް އަދި ކޮޓަން ބޯލް ހެދުމުގައި ނަރުހުން އެހީތެރިކަމަށް އެދިއްޖެއްޖެ ނަމަ އެހީތެރިވުން.
  3. އެޓެންޑެންޓަކު ޑިއުޓީގައި ނެތް ހާލަތެއް ދިމާވެއްޖެނަމަ ޞިއްޙީމަރުކަޒުން ހަމަޖައްސާ ގޮތެއްގެމަތިން ކްލިނިކަލް އޭރިޔާތައް ކުނިކެހުމާއި، މޮޕްލުމާއި، ޑަސްބިންތައް ހުސްކުރުމާއި، މިނޫންވެސް އެޓެންޑެންޓް ކުރަމުންދާ މަސައްކަތްތައްކުރުން.
  4. ލޯންޑްރީގެ މަސައްކަތަށް ބޭނުންވާ އެންމެހައި ތަކެތި ވީހާވެސް ޚަރަދުކުޑަކޮށް ބޭނުންކުރެއްވުމާއި، ތަކެތި ހުސްވުމުގެ ކުރިން ކަމާބެހޭ މުވައްޒަފަކަށް ދަންނަވައިގެން ތަކެތި ހޯއްދަވައި ހަމަކުރެއްވުން.
  5. މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި، މުވައްޒަފުން ގުޅިގެންކުރާ މަސައްކަތާއި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމާއި، ޢާންމު ޞިއްޙަތު ކުރިއެރުވުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުމާއި އެހީތެރިވުން.
  6. ޚިދުމަތް ހޯދުމަށް އަންނަ ބަލިމީހުންގެ ތެރެއިން ވީލްޗެއާ އަދި ސްޓްރެޗަރގައި އަންނަ ބަލިމީހުންނަށް ޚާއްޞަ ސަމާލުކަމެއްދީގެން އެހީތެރިވުން.

މަޤާމުގެމަސްއޫލިއްޔަތުތައް

 - ވަޒީފާގެ މަސައްކަތާއިގުޅޭ ގޮތުން ލިބިފައިވާ ހުނަރާއި، ތަޖުރިބާ

 - ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށްވުން

މިހުން ހޮވުމުގައި ބަލާނެ ކަންތައްތައް

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު މި އިއުލާނަށް މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 10 ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އިންޓަވިއު  އޮންނާނެ ތާރީޚާއި ތަން މިޞިއްހީ މަރުކަޒުން އެފަރާތްތަކަށް އެންގޭނެއެވެ. އިންޓަވިއުއަށް ހާޒިރުވާއިރު ހުށައަޅާފައިވާ އެންމެހައި ލިޔެކިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

އިންޓަރވިއު ކުރުން

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ރަސްމީގަޑީގައި މި މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި  ސިވިލް ސާރވިސްގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. ) 
  2. ލިބިފައިވާ ތަޢުލީތަޢުލީމީ އަދި އެހެނިހެން ސެޓްފިކެޓް ތަކުގެ އެކްރެޑިޓް ކޮށްފައިވާ ފޮޓޯކޮޕީ
  3. ސިވިލްސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމެއް.
  4. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނޭ އެތަނެއްގެ ތައްގަނޑުޖެހި ރަސްމީ ލިޔުންތައް
  5. ވަޒީފަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ އައި. ޑީ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ހުށަހަޅަންޖެހޭ ލިޔުންތައް

މި ވަޒީފާއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ސިވިލްސަރވިސްގެ  ވަޒީފާއަށް އެދޭފޯމު ފުރިހަމަ ކުރެއްވުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 30 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 15:00 ގެކުރިން މި ޞިއްޙީ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ.

މަޤާމަށް އެދެންވީ ގޮތާއި، ސުންގަޑި

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 6560526 ފޯނާއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. މި މަޤާމަށް އިންޓަރވިއުކުރެވޭނީ މަޤާމުގެ ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއެވެ. 

އިތުރު މަޢުލޫމާތު

20 ނޮވެންބަރު 2014
ހޯދާ